Advertisement
މާލެއިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނުން: ޖިންސް ވަކިނުވާ ވަރަށް ކުނިވެފައި އޮއްވާ ފެނުނު މީހާއަކީ ފިރިހެނެއް ކަމަށް ފުލުހުން ވަނީ ބުނެފައި --

ކިނޮޅަހު ބޭރުން މަރުވެފައި އޮއްވާ ފެނުނީ ފިރިހެނެއް: ފުލުހުން

ރ. ކިނޮޅޮހު ބޭރުން މި މަހު 4، ގައި ޖިންސު ވަކިނުވާ ވަރަށް ކުނިވެފައި އޮއްވާ ފެނުނު ހަށިގަނޑަކީ ފިރިހެނެއްގެ ހަށިގަނޑުކަން ކަށަވަރުވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ އެ ހަށިގަނޑަކީ ފިރިހެނެއްގެ ހަށިގަނޑުކަން އެނގުނީ ހެދި ޑީއެންއޭ ތަހުލީލުތަކުން ކަމަށެވެ.

Advertisement

އެ ހަށިގަނޑާއި ކ. ކަނޑޫމާތިލަ ކައިރިން މިދިޔަ މަހު 21، ގައި ފެނުނު ހަށިގަނޑުގެ ޑީއެންއޭ ނަތީޖާއަށް ބަލާއިރު، އޭގެ ތެރޭގައި މިދިޔަ މަހު 17، ގައި ގެއްލިގެން ހޯދަމުންދާ ރަޝިއާގެ ފަތުރުވެރިޔާ ނުހިމެނޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އއ. އުކުޅަހުގައި މޫދަށް އެރި އުޅެނިކޮށް ރަޝިއާ ފަތުރުވެރިޔާ ގެއްލިގެން ހޯދަމުން ދަނިކޮށް ދެ ހަށިގަނޑެއް ފެނުމުން އޭގެ ތެރޭގައި އެ ފަތުރުވެރިޔާ ހިމެނިދާނެ ކަމަށް ބައެއް މީހުންނަށް އޭރު ލަފާކުރެވުނެވެ.

ފުލުހުން ބުނީ ދެ ސަރަހައްދަކުން ފެނުނު ދެ ހަށިގަނޑާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް