Advertisement

ޑިސެމްބަރު މަހު ރޯގާ މަދުވެ ޑެންގީގެ ކޭސްތައް އިތުރުވި: އެޗްޕީއޭ

މިދިޔަ ޑިސެމްބަރުގައި ރޯގާ ޖެހިގެން ރިޕޯޓް ކުރި އަދަދު ކުރީ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު ދަށް ކަމަށާއި އެކަމަކު ޑެންގީ ޖެހުނު މީހުންގެ އަދަދު އިތުރު ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެޗްޕީއޭ އިން ބުނި ގޮތުގައި މިދިޔަ ޑިސެމްބަރުގައި ރޯގާ ޖެހިގެން ރިޕޯޓްކުރީ 28،619 މީހުންނެވެ. ނޮވެމްބަރު މަހު 32،859 މީހަކަށް ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވެ އެވެ. އަދި އޭގެ ކުރީ އަހަރުގެ ޑިސެމްބަރުގައި ވެސް އެ އަދަދު ހުރީ 30،590ގަ އެވެ.

Advertisement

އެހެންވެ ކުރީ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު ވެސް މިދިޔަ ޑިސެމްބަރު މަހު ރޯގާގެ ކޭސްތައް މަދެވެ.

ރޯގާ ޖެހުނު މިންވަރު ދަށަށް ގޮސްފައިވާއިރު އިރުވައި މޫސުމުގެ ކުރީކޮޅު ރާއްޖޭ ސަރަހައްދަށް ޖަމާވާ ނުސާފު ވައި މި ދުވަސްވަރު ވަނީ ނުރައްކާތެރި މިންވަރަކަށް އިތުރުވެފަ އެވެ.

އެޗްޕީއޭގެ ހިސާބުތައް ދައްކާ ގޮތުން، ޑިސެމްބަރުގައި އިންފްލުއެންޒާއަށް 560 ޓެސްޓެއް ހެދި އެވެ. އޭގެ ތެރެއިން 152 މީހަކު އެ ބައްޔަށް ޕޮޒިޓިވް ވެފައިވެ އެވެ.

މީގެ އިތުރުން ބޭރަށް ހިންގުން ވެސް ވަނީ ނޮވެމްބަރާ އަޅާބަލާއިރު ޑިސެމްބަރުގައި މަދުވެފަ އެވެ. އެޗްޕީއޭގެ ތަފާސްހިސާބުތަކުގައިވާ ގޮތުން، ބޭރަށް ހިންގާތީ ނޮވެމްބަރު މަހު 4،102 މީހަކު ޑޮކްޓަރަށް ދައްކާފައިވެ އެވެ. އެކަމަކު ޑިސެމްބަރުގައި އެ އަދަދު ވަނީ 2،931 އަށް ދަށްވެފަ އެވެ.

ބޭރަށް ހިންގުން ދަށްވިޔަސް 2024 އާ އަޅާބަލާއިރު މިއަހަރުގެ ނޮވެމްބަރާއި ޑިސެމްބަރުގައި ވެސް ޑެންގީ ހުން ޖެހުނު މީހުންގެ އަދަދު މައްޗެވެ. ނޮވެމްބަރުގައި 382 މީހަކަށް ޑެންގީ ޖެހުނުއިރު ޑިސެމްބަރުގައި 413 މީހަކަށް ޑެންގީ ޖެހުނެވެ. އޭގެ ކުރީ އަހަރުގެ އެ މުއްދަތުގައި އެ އަދަދު ހުރީ 150 އިން ދަށުގަ އެވެ.

އެހެންވެ، ޑެންގީ ފަދަ މަދިރީގެ ސަބަބުން ފެތުރޭ ބަލިތައް މަދުކުރުމާއި ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަކީ މުހިއްމު ކަމަކަށްވާތީ އެފަދަ ކަންކަމަށް ސަމާލުވުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް