Advertisement
ފުލުހުންގެ ކުރީގެ އޮޕަރޭޝަނެއްގެ ތެރެއިން --

އޮޕަރޭޝަން ކުރިމަގު ގއ. އަތޮޅަށް ފުޅާކޮއްފި

މަސްތުވާތަކެތި އެތެރެކޮށް އެތަކެތީ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑާ ކުރާ ނެޓްވޯކެއް ހުއްޓުވައި ގާނޫނީ ފިޔަވަޅު އަޅަން ފުލުހުން މާލެ އާއި ގއ. އަތޮޅުގައި މިއަދު ހާއްސަ އޮަޕަރޭޝަނެއް ފަށައިފި އެވެ.

އެކަމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނުގައި ބުނީ “އޮޕަރޭޝަން އަލިމަގު” ގެ ދަށުން ހާއްސަ މަސައްކަތްތަކެއް ހެނދުނުން ފެށިގެން ކުރަމުން އަންނަ ކަމަށެވެ.

Advertisement

އެ އޮޕަރޭޝަން ކުރިއަށް ގެންދަނީ ސައުތު ޕޮލިސްގެ ޓީމުތަކާއި އިންޓެލިޖެންސް އާއި ޑްރަގް އެންފޯސްމަންޓް ވިންގުންނެވެ.

ފުލުހުން ބުނި ގޮތުގައި އެ އޮޕަރޭޝަނަކީ ގއ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަނުގައި ތުހުމަތުކުރެވޭ ފަރާތްތަކާ ގުޅުން ހުރި ތަންތަން ބަލައި ފާސްކުރުމާއި ގަނޫނު ތަންފީޒުކުރުމުގެ ގޮތުން އަލަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ އަމަލީ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައިވެ އެވެ.

ޑްރަގުގެ ވިޔަފާރި ހުއްޓުވަން މިދިޔަ ނޮވެމްބަރު މަހު ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނުގައި ވަނީ ޑްރަގް ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ގދ. އާއި ގއ. އަތޮޅުން ބަޔަކު ހައްޔަރުކޮށްފަ އެވެ. ރާއްޖެއަށް ކަނޑުމަގުން ޑްރަގް އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ހިންގި އެ އޮޕަރޭޝަނުގައި އެ ދެ އަތޮޅުން 16 މީހަކު ހައްޔަރުކުރި އެވެ.

އެމީހުންގެ އަތުން ޖުމްލަ 12 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތެވެ.

އެ އޮަޕަރޭޝަން ފަހުން މުޅި ރާއްޖެއަށް ފުޅާކޮށްފައިވާއިރު އޭރު ވަނީ 105 ތަނެއް ފާސްކޮށް، 29.6 ކިލޯގެ ޑްރަގް ހޯދައިފަ އެވެ. އެ އޮޕަރޭޝަންގައި ހައްޔަރުކުރި 119 މީހުންގެ ތެރެއިން 61 މީހަކު ޑްރަގަށް ޕޮޒިޓިވްވިޔަސް އެމީހުންގެ ތެރެއިން ބަންދުގެ މުއްދަތު އިތުރުކުރަން ކޯޓަށް ހާޒިރުކުރީ 38 މީހެކެވެ.

ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ނާއިފް ވިދާޅުވެފައިވާ ގޮތުގައި ކޯޓަށް ހާޒިރުކުރީ ކުށުގެ ރެކޯޑާއި އަތުލައިގަތް މަސްތުވާތަކެތީގެ އަދަދަށް ބަލައިފަ އެވެ.

އެކަމަކު މިހާތަނަށް ވެސް ހައްޔަރުކުރި މީހުންގެ ވަނަވަރު ހާމައެއް ނުކުރެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް