Advertisement
ރައީސް މައުމޫނާއި، އަބްދުﷲ ކަމާލުއްދީން (އޭކޭ): މައުމޫން ފައުންޑޭޝަންގެ ސީއީއޯއަކަށް އަބްދުﷲ ކަމާލުއްދީން ވަނީ ހަމަޖައްސާފައި -- ފޮޓޯ/ އެކްސް، ރައީސް މައުމޫން

މައުމޫން ފައުންޑޭޝަންގެ ސީއީއޯ އަކަށް އަބްދުﷲ ކަމާލުއްދީން އައްޔަނުކޮށްފި

ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ‘ދަ މައުމޫން ފައުންޑޭޝަން’ގެ ސީއީއޯ އަކަށް އެމަނިކުފާނުގެ ވެރިކަމުގައި މިނިސްޓަރުކަން ކުރެއްވި އަބްދުﷲ ކަމާލުއްދީން އައްޔަނުކުރައްވައިފިއެވެ.

މިކަން އިއުލާން ކުރައްވަމުން އިއްޔެ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް މައުމޫން ވިދާޅުވީ އަބްދުالله ކަމާލުއްދީންގެ ތަޖުރިބާގެ ސަބަބުން މައުމޫން ފައުންޑޭޝަންގެ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ.

Advertisement

އަބްދުالله ކަމާލުއްދީން ސިޔާސީ މަސައްކަތް ކުރައްވަމުން ގެންދެވީ ރައީސް މައުމޫނާއެކުގައެވެ. ނަމަވެސް ފަހުން ޖުމްހޫރީ ޕާޓީގައި ވެސް އޭނާ އުޅުއްވިއެވެ. ރައީސް މައުމޫން، މޯލްޑިވްސް ރިފޯމް މޫމެންޓް (އެމްއާރުއެމް) އުފެއްދެވުމުން އޭނާ އަނެއްކާވެސް އުޅުއްވީ އެމަނިކުފާނާ އެކުއެވެ.

އެމްއާރުއެމް އުފެއްދުމުގައި އުޅުއްވުމުގެ އިތުރުން, ރައީސް މައުމޫނުގެ ތާއީދާއެކު އަބްދުالله ކަމާލުއްދީން 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ވެސް ކުރިމަތިލެއްވިއެވެ.
މައުމޫން ފައުންޑޭޝަންގެ ސީއީއޯ ކަމަށް އައްޔަނުކުރެއްވުމާ ގުޅިގެން މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި އަބްދުالله ކަމާލުއްދީން ވިދާޅުވީ، ލިބިފައިވާ ތަޖުރިބާ ބޭނުންކޮށްގެން, އެ ޖަމިއްޔާ ހިންގެވުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

އެގޮތުން މިދިޔަ މަހުގެ 31 ވަނަ ދުވަހު އިސްލާމިކް މިނިސްޓްރީއާއި މައުމޫން ފައުންޑޭޝަނާއި ދެމެދު ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ކުރާ މަސައްކަތްތައް އިސްވެ ކުރިއަށް ގެންދަވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އަބްދުالله ކަމާލުއްދީން ވިދާޅުވީ މައުމޫން ފައުންޑޭޝަނަކީ އެކްސްކޯއެެއް އޮވެ، ވަރަށް ރަނގަޅަށް ހިންގާ ޖަމިއްޔާއެއް ކަމަށާއި، ރައީސް މައުމޫންގެ ލަފާފުޅާ އެއްގޮތްވާ ގޮތުގެ މަތިން މަސައްކަތްކުރައްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް