Advertisement

މަސްތުވާތަކެއްޗާއެކު ބިދޭސީއަކު ހުޅުމާލެއިން ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު ބިދޭސީއަކު ހުޅުމާލެއިން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އިއްޔެ ފުލުހުން ހުޅުމާލެ ފޭސް އެކެއް ޕެޓްރޯލްކުރަމުންދިޔަ އިރު ހުސެއިން ސޮޒާދު (25އ.) ނަމަކަށް ކިޔާ ބަނގުލަދޭޝް މީހަކާ މެދު ޝައްކުވެގެން ހުއްޓުވައި ބަލައިފާސްކުރި ކަމަށެވެ.

Advertisement

އަދި އޭނާ ހުއްޓުވައި ސުވާލުކޮށް، އޭނާ އެ ވަގުތު ގެންގުޅުނު ފޮށި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓުތަކެއް ފެނުނު ކަމަށާއި އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 94.34 ގުރާމު ހުރި ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް  އަމުރުކުރި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް