Advertisement
ހުޅުމާލެ ފޭސް ތިނަކުން ގޯތި ލިބިފައިވާ މީހުންގެ ގުރުއަތުލުން ކަލާފާނު ސްކޫލްގެ ހޯލުގައި މިއަދު ކުރިއަށް ގެންދަނީ.--

ހުޅުމާލެ ފޭސް 3 އިން ގޯތި ލިބިފައިވާ މީހުންގެ ގުރުއަތުލުން ފަށައިފި

ކުރީގެ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން، ހުޅުމާލެ ފޭސް ތިނަކުން ގޯތި ލިބިފައިވާ މީހުންގެ މެދުގައި ގުރުއަތުލުން މިއަދު ފަށައިފި އެވެ.

ޖުމުލަ 698 ގޯތި މިހާރު ހިއްކަމުން އަންނަ ހުޅުމާލެ ފޭސް ތިނަކުން ދޫކޮށްފައިވާއިރު، އެ ގޯތިތައް ލިބިފައިވާ މީހުންގެ މެދުގައި ގުރުއަތުލުން ކުރިއަށް ގެންދަނީ ކަލާފާނު ސްކޫލްގަ އެވެ.

Advertisement

ހައުސިން މިނިސްޓްރީން ބުނީ، ހުޅުމާލޭގެ ފޭސް ތިނެއްގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސް، އައު ލޭންޑް ޔޫސް ޕްލޭނެއް ހަދާފައިވާ ކަމަށެވެ. އެހެންވެ އެ ޕްލޭނަށް ރިއާޔަތްކޮށް، ބިންވެރިޔާ ސްކީމްގެ ދަށުން އެ ތަނުން ގޯތި ލިބިފައިވާ މީހުންގެ ގޯތީގެ ސަރަހައްދަށް ބަދަލު އައިސްފައިވާތީ އައު ލޮޓް ނަންބަރެއް ކަނޑައަޅާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ގޯތި ލިބިފައިވާ މީހުންގެ މެދުގައި ގުރުއަތުލުން ބާއްވަން ޖެހުނީ އެހެންވެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

ހުޅުމާލެ ފޭސް ތިނަކުން ދޫކޮށްފައިވާ ގޯތީގެ އަދަދާއި ބޮޑުމިނުގެ ތަފުސީލް:

• 1،650 އަކަފޫޓުގެ 181 ގޯތި

• 2،050 އަކަފޫޓުގެ 242 ގޯތި

• 2،450 އަކަފޫޓުގެ 132 ގޯތި

• 2،850 އަކަފޫޓުގެ 62 ގޯތި

• 3،250 އަކަފޫޓުގެ 41 ގޯތި

• 3،650 އަކަފޫޓުގެ 16 ގޯތި

• 4،000 އަކަފޫޓު 24 ގޯތި

ހައުސިން މިނިސްޓްރީން ބުނި ގޮތުގައި، ބިން ލިބިފައިވާ ފަރާތް ނުވަތަ ފަރާތްތަކުގެ ތެރެއިން ކޮންމެ ޕްލޮޓަކަށް ގުރުއަތުލުން ކުރިއަށް ގެންދާ ހޯލަށް އެކަކަށް ވަދެވޭނެ ކަމަށެވެ.

“މިގޮތުން ގުރުއަތުލާއިރު ޕްލޮޓް އެލޮކޭޓް ކުރެވޭ ފަރާތްތަކަށް ވަގުތުން އެ ފަރާތަކަށް ލިބުނު ޕްލޮޓް ނަންބަރު އެސްއެމްއެސްގެ ޒަރިއްޔާއިން ލިބިގެންދާނެ އެވެ،” ހައުސިން މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި، ގޯތި ލިބޭ މީހުންގެ ގުރުއަތުލުން ނިމުމުން، ގޯތިތަކުގެ ރަޖިސްޓަރީ އާއި ބިން ލިބޭ މީހުންނާ އެކު ސޮއިކުރާ އެއްބަސްވުންތަކާ ގުޅޭ މައުލޫމާތު ފަހުން ހިއްސާކުރާނެ އެވެ. އަދި ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކައި ނިމުމުން، ގޯތި ލިބިފައިވާ މީހުންނާ ގޯތި ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ކުރިއަށް ގެންދާނެ ކަަމަށް ބުންޏެވެ.

ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން 1،351 ގޯތި ދިނުމަށްޓަކައި، ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އޭގެ ތެރެއިން 31.5 ހެކްޓަރުގެ ބިން މިހާރު ހިއްކައި ނިމިފައިވާ ކަމަށް އެމްއޭސީއެލުން މިދިޔަ އަންގާރަ ދުވަހު ބުންޏެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހުގެ ފަހުކޮޅު ވިދާޅުވެފައި ވަނީ، މާލޭ ރައްޔިއްތުންނަށް ގޯތި ދިނުމަށް ހުޅުމާލެ 3 އަކާއި ގިރާވަރު ފަޅުގެ ބިން ހިއްކުން އަވަސް ކުރުމަށް އިތުރު ޑްރެޖަރެއް ގެނެސްފައިވާތީ، ހުޅުމާލެ 3 ގެ ބިން ހިއްކުމުގެ މަސައްކަތް އަންނަ މަހަށް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް