Advertisement

މިދިޔަ އަހަރު ގެއްލުމުގައި ނިންމައިލި އެޗްޑީސީގެ ކޮންމެ މުވައްޒަފަކަށް ބޯނަހުގެ ގޮތުގައި 18600ރ. ދީފި

މިދިޔަ އަހަރު ގެއްލުމުގައި ނިންމައިލި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ކޮންމެ މުވައްޒަފަކަށް އަހަރީ ބޯނަހުގެ ގޮތުގައި 18،600ރ. ދީފި އެވެ.

އެޗްޑީސީގެ މުވައްޒަފުންނަށް މި އަހަރުގެ ބޯނަސް ދޭން ފެށީ ރޭގަ އެވެ. އެޗްޑީސީގެ މުވައްޒަފުންނަށް ބޯނަސް ދޭން ފަށާފައި މިވަނީ ބޯސް ލިބުން ލަސްވެގެން އެ ކުންފުނީގެ މުވައްޒަފުން ކަންބޮޑުވުން ފާޅުކުރަން ފެށުމުންނެވެ.

Advertisement

މި ސަރުކާރު އައުމުގެ ކުރިން ކޮންމެ އަހަރެއްގެ ވެސް ޖުލައި ނުވަތަ އޯގަސްޓު ހިސާބުގައި އެޗްޑީސީގެ މުވައްޒަފުންނަށް ބޯނަސް ދޭ ކަމަށް އެ ކުންފުނީގެ މުވައްޒަފުން ބުންޏެވެ. މިދިޔަ އަހަރު ވެސް އެ ކުންފުނީގެ މުވައްޒަފުންނަށް ބޯނަސް ދިނީ މުވައްޒަފުން ކަންބޮޑުވުން ފާޅުކުރަން ފެށުމުންނެވެ.

އެޗްޑީސީއަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ފައިދާއެއް ވާ އެއް ކުންފުންޏެވެ. އެހެންނަމަވެސް އެ ކުންފުންޏަށް މިދިޔަ އަހަރު ވަނީ ވަރަށް ބޮޑަށް ގެއްލުންވެފަ އެވެ.

ޕްރައިވެޓަައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އާންމުކޮށްފައިވާ ސަރުކާރު ކުންފުނިތަކުގެ އަހަރީ ރިޕޯޓުން އެނގޭ ގޮތުގައި އެޗްޑީސީއަށް މިދިޔަ އަހަރު ޖުމުލަ އާމްދަނީގެ ގޮތުގައި ލިބުނީ 3.5 ބިލިއަން ރުފިޔާ އެވެ. އެއީ އޭގެ ކުރީ އަހަރު ލިބުނު އާމްދަނީއާ އަޅައިބަލާއިރު 50 އިންސައްތަ ދަށް އަދަދެކެވެ.

މިދިޔަ އަހަރު އެޗްޑީސީއަށް ސާފު ފައިދާގެ ގޮތުގައި އެއްވެސް މިންވަރެއް ނުލިބެ އެވެ. އެ ކުންފުންޏަށް މިދިޔަ އަހަރު ކުރިމަތިލާން ޖެހިފައި ވަނީ 109 މިލިއަން ރުފިޔާގެ ގެއްލުމަކާ އެވެ.

ގެއްލުމުގައި އަހަރު ނިންމައިލި ކުންފުންޏަކުން މުވައްޒަފުންނަށް ބޯނަސް ދިނީ ކިހިނެއް ކަމެއް އަދި ނޭނގެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް