Advertisement

ފުލުހުން ހިފެހެއްޓި ފޯނެއް ނުދީގެން ކޯޓަށް ދިޔުމުން، އަނބުރާ ދީފި

ފުލުހުން ހިފެހެއްޓި ފޯނެއް އަނބުރާ ނުދިން މައްސަލައެއް ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، ފުލުހުން އެ ފޯނު އަނބުރާ ހަވާލުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން އާންމުކުރި ޤަޟިއްޔާގައިވާ ގޮތުގައި ކޯޓު އަމުރުގެ ދަށުން ފުލުހުން ގއ. ކަނޑުހުޅުދޫއަށް ނިސްބަތްވާ ފިރިހެނެއްގެ ފޯން އަތުލީ ނިމުނު އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހެވެ. އަދި އެ ފޯން އެ މަހުގެ އެންމެ ފަހު ދުވަހުގެ ނިޔަލަށް ފުލުހުންގެ ބެލުމުގެ ދަށުގައި އޮތުމުން އެ ފިރިހެން މީހާ އެ މައްސަލަ ކޯޓަށް ހުށަހެޅިއެވެ.

Advertisement

އޭނާގެ ފޯނު ހިފަހައްޓައިފައިވަނީ ކޮން މައްސަލައެއްގައި ކަމެއް ސާފެއް ނުވެއެވެ.

ކޯޓުން މައްސަލަ ނިންމި ގޮތުގައިވާ ގޮތުން، އެ މައްސަލައިގައި ފުލުހުންގެ ޖަވާބަކަށް އެދުމުން، އެ މުއައްސަސާއިން ވަނީ ފޯނު އަނބުރާ ރައްދުކޮށްދީފައިވާ ކަމަށް ބުނެފައެވެ. ފުލުހުން ފޯނު އަނބުރާ ރައްދުކޮށްދީފައިވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހު ކަމަށް ޤަޟިއްޔާގައިވެއެވެ.

އެހެންވެ، އަމުރަށް އެދުނު މައްސަލަ ބާތިލް ކޮށްދޭން ހުށަހެޅި ފަރާތުން އެދިފައިވާތީ ކޯޓުން އެ މައްސަލަ މިހާރު ވަނީ ބޭރުކޮށްލައިފައެވެ.

މީގެ ކުރިން ވެސް ފުލުހުން ހިފެހެއްޓި ފޯނެއްގެ މައްސަލައެއްގައި، އެ މުއައްސަސާއާ ދެކޮޅަށް ކޯޓުން އަމުރު ނެރެފައިވެއެވެ. އެގޮތުން މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ފޯނު ހިފަހައްޓާފައި އޮތީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، ފަސް ދުވަހުގެ ތެރޭގައި އެ ފޯނު ވެރިމީހާއަށް ހަވާލު ކުރުމަށް މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި