Advertisement

ފިހިގެން ސީރިއަސް އަނިޔާތަކެއް ލިބުނު ސްޓެލްކޯ މުވައްޒަފު ނިޔާވެއްޖެ

މިދިޔަ މަހުގެ 26ގައި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުނު މައްސަލަ ހައްލުކުރަމުން ދަނިކޮށް އަލިފާނުގެ ހާދިސާއެއް ހިނގައި އެކިވަރުގެ އަނިޔާވި ސްޓެލްކޯ މުވައްޒަފު ނިޔާވެއްޖެއެވެ.

މި ހާދިސާގައި ނިޔާވި ސްޓެލްކޯގެ މުވައްޒަފަކީ, އެ ކުންފުނީގެ ސްޕަވައިޒަރެއްގެ މަގާމުގައި ހުރި, އަޙްމަދު އަޒްމީލް, 43, އެވެ. އޭނާ ސްޓެލްކޯގައި މަސައްކަތް ކުރާތާ 21 އަހަރަށް ވުރެން ގިނަ ދުވަސް ވަނީ ވެފައެވެ.

Advertisement

އެ ދުވަހުގެ މެންދުރުފަހު 12:00 ހާއިރު ކަރަންޓު ކެނޑިފައިވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުންނެވެ.

އަލުން ކަރަންޓު ދޭން، ހުޅުމާލޭގެ ބާ އިންޖީނުގޭގެ ސްވިޗް ގިއަރަކަށް ދިމާވި މައްސަލަ ހައްލު ކުރަނިކޮށް، އަލިފާނުގެ ހާދިސާއެއް ހިނގައި ސްޓެލްކޯ މުވައްޒަފަކަށް އެކި ވަރުގެ އަނިޔާ ލިބި ހުޅުމާލެ ހޮސްޕިޓަލުގައި އެ ދުވަހު ފަރުވާ ދޭން ފެށިކަމަށް ސްޓެލްކޯއިން ބުންޏެވެ.

އޭނާގެ ހާލަތާ ގުޅޭ އިތުރު މައުލޫމާތު ދެމުން، މި މަހުގެ އެކެއްގައި ސްޓެލްކޯއިން ބުނީ އެ މުވައްޒަފު އިތުރު ފަރުވާއަށް ތައިލެންޑްގެ ބެންކޮކް ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށެވެ.

މި އަހަރު ތެރޭ މުޅި މާލެއާއި ހުޅުމާލެއިން ދެ ފަހަރެއްގެ މަތިން ކަރަންޓު ކެނޑިފައިވެއެވެ. އެ މައްސަލައިގައި ޚާއްސަ ތަހުގީގެއް ވެސް ފުލުހުންނާއި ސްޓެލްކޯއިން ހިންގިއެވެ.

އޭގެ އިތުރުން ވެސް ދޭތެރެއަކުން މާލެއާއި ހުޅުމާލެއިން ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމަށް ކަރަންޓު ކަނޑައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް