Advertisement

ފިހިގެން ސީރިއަސް އަނިޔާތަކެއް ލިބުނު ސްޓެލްކޯ މުވައްޒަފު އިތުރު ފަރުވާއަށް ތައިލެންޑަށް ގެންގޮސްފި

ހުޅުމާލޭ ބާ އިންޖީނުގޭގެ ސްވިޗު ގިޔަރަކަށް ދިމާވި މައްސަލައެއް ޙައްލުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ހިނގައިދިޔަ ހާދިސާގައި ފިހުނު 43 އަހަރުގެ މުވައްޒަފު އިތުރު ފަރުވާއަށް ރޭ ތައިލެންޑަށް ގެންގޮސްފިއެވެ.

ފަރުވާ ދިނުމަށް ތައިލެންޑަށް ގެންދިޔައީ އެއަރ އެމްބިއުލާންސްގައެވެ. އަނިޔާވި މީހާގެ ހުރިހާ ޚަރަދެއް ސްޓެލްކޯއިން ހަމަޖައްސާއިރު މިހާރު ވަނީ ތައިލެންޑުގައި ފަރުވާ ފަށައިފައެވެ.

Advertisement

އިންޖީނުގޭގައި އެ ހާދިސާ ހިނގީ ނޮވެމްބަރު 26 ވަނަ ދުވަހުއެވެ. އެ މުވައްޒަފުގެ ހަށިގަނޑުގެ އެކި ތަންތަން ފިހި، ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށާއި، އެ މުވައްޒަފުގެ ފަރުވާގެ ހުރިހާ ކަމެއް ވަރަށް ގާތުން ބަލަމުންގެންދާ ކަމަށް އެދުވަހު ސްޓެލްކޯއިން ވަނީ ބުނެފައެވެ.

އަނިޔާވި މުވައްޒަފަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ހުޅުމާލެ ހޮސްޕިޓަލުގައެވެ. އޭގެފަހުން އިތުރު ފަރުވާއަށް އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކުރިއެވެ.

ހާދިސާ ހިނގި ދުވަހު ސްޓެލްކޯއިން އާއްމުކުރި ބަޔާނުގައި ބުނީ، ހާދިސާ ހިނގި ވަގުތު އެތަނުގައި ތިބި އެހެން މުވައްޒަފުންގެ އެހީތެރިކަމާއެކު އެމުވައްޒަފަށް ވަގުތުން ފަރުވާ ދިނުމުގެ އިންތިޒާމް ހަމަޖައްސައި، އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަނެ، މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ މަސައްކަތް އެކުންފުނިން ކުރަމުންދާކަމަށް ސްޓެލްކޯގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި، މި ހާދިސާގެ މިނިވަން ތަޙުޤީޤެއް ދިވެހި ފުލުހުންގެ ޚިދުމަތުން ވެސް ފަށާފައިވާތީ، އެ ފަރާތަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ވެސް އެކުންފުނިން ދެމުންގެންދާ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް