Advertisement

ކުޑަކުއްޖަކަށް ފުލުހަކު އަނިޔާކޮށް ބިރު ދެއްކި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ބަލަނީ

ކުޑަކުއްޖަކަށް ފުލުހަކު އަނިޔާކޮށް ބިރު ދެއްކި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ ކުޑަކުއްޖަކަށް ފުލުހަކު އަނިޔާކޮށް ބިރު ދެއްކި ކަމަށް ތުހުމަތު ކުރެވެނީ ސައުތު ސެންޓްރަލް ރީޖަންގައި ހިމެނޭ ރަށެއްގެ ފުޓްސަލް ދަނޑުގައި މިދިޔަ ހުކުރު ދުވަހު ކުޅެން އުޅުނު ކުދިންތަކެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން ކަމަށެވެ.

Advertisement

ފުޓްސަލް ދަނޑުގައި ކުޅެން ތިބި ކުދިންތަކުގެ ތެރޭގައި އަނިޔާކޮށް ބިރުދެއްކި ކަމަށް ތުހުމަތު އަމާޒުވާ ފުލުސް މީހާގެ އާއިލާއަށް ނިސްބަތްވާ ކުއްޖަކު ވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

“އެ ތަނުން ކުއްޖެއްގެ އާއިލީ މަސްލަހަތު އޮންނަ ފުލުހަކު، އެހެން ކުއްޖަކަށް ޖިސްމާނީ އަނިޔާ ވެދާނެ އަމަލެއްކޮށް ބިރު ދައްކާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ހުށަހެޅިފައިވޭ،” ފުލުހުން ބުންޏެވެ.

މި މައްސަލައިގެ ޖިނާއީ ބައި ފުލުހުން ތަހުގީގު ކުރަމުންދާއިރު، ފުލުހެއްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައަކަށްވާތީ އެ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުން ވެސް ދަނީ ބަލަމުންނެވެ.

ޔުނިފޯމް އެޅި ފުލުހުން ޕްރޮފެޝަނަލިޒަމްގެ ބޭރުން ބައެއް ފަހަރު އެކި އަމަލުތައް ހިންގަ އެވެ. އެގޮތުން އޭގެތެރެއިން ބައެއް ފުލުހުންނަށް މީގެކުރިން ފިޔަވަޅުތައް ވެސް އަޅާފައި އެބަހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް