Advertisement
ވިމެން އިން ޑިމޮކްރަސީގެ 10 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވުނު ޙަފްލާގެ ތެރެއިން

ރާއްޖޭގެ ޑިމޮކްރަސީ ދަނީ ފަހަތަށް، އިޞްލާޙީ ފިޔަވަޅުތަކެއް އަޅަންޖެހޭ: ދުންޔާ

ދިވެހިރާއްޖޭގެ ޑިމޮކްރަސީ ދަނީ ފަހަތަށް ޖެހެމުންކަމަށާއި، މިކަމަށް އަވަސް އިޞްލާޙީ ފިޔަވަޅުތަކެއް އަޅަންޖެހިފައިވާކަމަށް ރާއްޖޭގެ ސިޔާސީ ދާއިރާގެ ތަޖުރިބާކާރެއް ކަމުގައިވާ ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ވިމެން އިން ޑިމޮކްރަސީގެ 10 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވުނު ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގައި އަންހެނުން ސިޔާސީ ގޮތުން ބާކީކޮށްލެވިފައިވާ މިންވަރު ވަނީ ކަންބޮޑުވާ ހިސާބަކަށް ގޮސްފައިވާ ކަމަށެވެ. ދުންޔާ ވިދާޅުވީ، ކޮރަޕްޝަނާއި އިހުމާލުގެ ސަބަބުން ރާއްޖޭގެ ޑިމޮކްރަސީ ވަނީ ނާޒުކު ހާލަތެއްގައި ކަމަށެވެ.

Advertisement

“އަޅުގަނޑުމެންގެ ޑިމޮކްރަސީ ދަނީ ފަހަތަށް – ކޮރަޕްޝަނާއި އިހުމާލުގައި ޖެހިފައި. ވަގުތީ ޚާއްޞަ ފިޔަވަޅުތަކާއި، ޖެންޑަރ ކޯޓާތަކާއި، އިދާރީ ޒިންމާދާރުކަން މިވަގުތު ވަރަށް މުހިންމު” ކަމަށް ދުންޔާ ވިދާޅުވިއެވެ.

ދުންޔާ އިތުރަށް ވިދާޅުވީ، ޙަޤީޤީ ބަދަލު ގެނައުމަށްޓަކައި ޖެންޑަރއަކީ ވެރިކަމުގެ ނިޒާމާއި، ބަޖެޓުތަކާއި، ސިޔާސަތުތަކުގެ މައިގަނޑު ބައެއްގެ ގޮތުގައި ހިމަނަންޖެހޭ ކަމެއް ކަމަށެވެ. އަދި މިފަދަ ބަދަލުތައް ގެނައުމުގައި މިންކުރެވޭ ނަތީޖާތަކާއި އަހަރަކު އެއްފަހަރު ހާމަކަން ބޮޑު ގޮތެއްގައި މަޢުލޫމާތު ހިއްސާކުރުން ކަށަވަރުކުރަންޖެހޭ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

ދުންޔާ މައުމޫން ވިދާޅުވިގޮތުގައި، “އިޞްލާޙުކުރުމަކީ އަވަސް އަދި އެއްކިބާނުވެވޭނެ ކަމެއް. އަޅުގަނޑުމެން މިހާރު ޢަމަލުކުރަން ފަށަންޖެހޭ. އަޅުގަނޑުމެންގެ ދަރިންނަށް ވާރުތަކޮށްދޭން ބޭނުންވާ ޑިމޮކްރަސީއަކީ މިއަދު އަޅުގަނޑުމެން ނިންމާ ނިންމުންތަކުގެ މައްޗަށް ބިނާވާ އެއްޗެއް.”

ދިވެހިރާއްޖެއަކީ 2008 ވަނަ އަހަރު ފުރިހަމަ ޑިމޮކްރަސީއަކަށް ބަދަލުވި ޤައުމެއް ކަމުގައިވީ ނަމަވެސް، ފާއިތުވި އަހަރުތަކުގައި އެކި ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވެއެވެ. ޑިމޮކްރަސީގެ ހަމަތައް ހިފެހެއްޓުމާއި، ކޮރަޕްޝަން ހުއްޓުވުމާއި، ޒިންމާދާރުކަން އިތުރުކުރުމަކީ ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކުރުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުންތައް ކަމަށް ތަޖުރިބާކާރުން ފާހަގަކުރެއެވެ.

ދުންޔާ މައުމޫން ވިދާޅުވިގޮތުގައި، މި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި، މަދަނީ މުޖުތަމަޢުއާއި، ޢާންމު ރައްޔިތުން ގުޅިގެން މަސައްކަތްކުރުމަކީ މުހިންމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް