Advertisement

ގުޅީ ބިން ހިއްކައި ނިމިއްޖެ، ބަނދަރު ބޮޑު ކުރަން ވެސް މިއަދު ހަވާލުކޮށްފި

އެމްޓީސީސީއާ ހަވާލުކޮށްގެން ސަރުކާރުން ކުރިއަށްގެންދިޔަ ކ. ގުޅީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ނިމުން މިއަދު ފާހަގަކޮށްފި އެވެ.

އާބާދީގައި 1000 މީހުން ހަމަނުވާ ކ. ގުޅީގައި 10.15 ހެކްޓަރުގެ ބިން ވަނީ ހިއްކައިފަ އެވެ. ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގޮތުން 940 މީޓަރުގެ ދިގު ސަރަހައްދެއްގައި ވަނީ ބޮޑު ހިލަ ޖަހައިފަ އެވެ. އަދި 362 މީޓަރު ދިގު ސަރަހައްދެއްގައި ޖިއޯބޭގް ވަނީ ޖަހައިފަ އެވެ.

Advertisement

އެއާއެކު، ގުޅީގެ ރައްޔިތުން ބޭނުންވާ ކަމަށް ބުނެ، އެ ރަށުގެ ބަނދަރު ބޮޑު ކުރުމުގެ މަސައްކަތް ވެސް މިއަދު ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ. އެ މަސައްކަތުގެ އަގެއް އަދި ނިންމަން ދިން ތާރީހެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.

ގުޅީ ބިން ހިއްކުމުގެ ޕްރޮޖެކްޓު ނިމުން ފާހަގަ ކުރަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ، ހިއްކި ބިމުގެ ފުރިހަމަ ނަފާ ރައްޔިތުންނަށް ހޯދައިދޭން އެމަނިކުފާނު މަސައްކަތް ކުރައްވާނެ ކަމަށެވެ.

“ރައްޔިތުން ބޭނުންވާ ގޮތަށް މި ބިން ބޭނުން ކުރުމަށް ހައްދަވާ ލޭންޑް ޔޫސް ޕްލޭން ވެގެންދާނީ ހަގީގަތުގައި ވެސް މި ބިން އެންމެ ހެޔޮ ގޮތުގައި ތިބޭފުޅުންނަށް ބޭނުން ކުރެވޭނެ ގޮތް ފަހިވާ ކުރެހުމަށް. ސަރުކާރުން ދޭ ޔަގީންކަމަކީ ރައްޔިތުންނަށް ބޭނުންވާ ކަންކަން މި ބިމުން ކުރުމުގައި ފުރިހަމަ ދޭނަންކަން،” ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް