Advertisement

މުސާރައަށް ގެންނަ ބަދަލުތައް އާއްމުކޮށްފި

ރަސްމީ ބަންދު ނޫން ދުވަސްތަކުގެ މަސައްކަތު ވަގުތުގައި މުވައްޒަފުންގެ އަމިއްލަ ކަންކަމުގައި އޮފީހުން ބޭރުގައި އުޅޭ ވަގުތު އުނިކުރުމަށްފަހު 8 ގަޑިއިރު ހަމަވުމުން ނޫނީ އިތުރުގަޑީގެ އިނާޔަތް ނުލިބޭ ގޮތަށް ދައުލަތުގެ ޕޭ ފްރޭމްވޯކުގެ މިންގަނޑުތައް އިސްލާހުކޮށްފި އެވެ.

މިދިޔަ ބުދަ ދުވަހު ގެޒެޓުކުރި އިސްލާހުގައި ވާގޮތުން ދައުލަތުގެ މުވައްޒަފުންނަށް ދެން އިތުރު ގަޑީގެ އިނާޔަތް ލިބޭނީ ރަސްމީ މަސައްކަތުގައި އަށް ގަޑިއިރު ހަމަކޮށް އޭގެ އިތުރުން ހޭދަ ކުރާ ވަގުތުތަކަށް އެކަންޏެވެ. އަމިއްލަ ކަންކަމުގައި އޮފީހުން ބޭރުގައި އުޅޭ ވަގުތު، އަށް ގަޑިއިރު ގުނާއިރު ދެން ނުހިމަނާނެ އެވެ.

Advertisement

ނަމަވެސް އިސްލާހުގައި ވާގޮތުން ކެއުމާއި ނަމާދު ކުރުމާއި ދަރިން ބެލުމަށް އޮފީހުން ނުކުންނަ ވަގުތުތަކަކީ އަމިއްލަ ބޭނުމެއްގައި މަސައްކަތުގެ މާހައުލުން ބޭރުގައި އުޅުނު ވަގުތުކަމަށް ނުބެލޭނެ އެވެ.

އަލަށް އަމަލުކުރަން ފެށި އިސްލާހުގައި ވަނީ ރޯދަ މަހުގެ ފަހު 10 އަކާއި ރަސްމީ ބަންދުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ދުވަސްތަކުގައި އިތުރު ގަޑީގެ އިނާޔަތް، ރަސްމީ ބަންދު ދުވަސްތަކެކޭ އެއްގޮތަށް ހިސާބު ކުރަންޖެހޭ ގޮތަށް ހިމަނައިފަ އެވެ. އަދި އެ ދުވަސްތަކުގައި މުވައްޒަފުން ލައްވައި ކުރުވާ ހުރިހާ މަސައްކަތަކަށް އިތުރު ގަޑީގެ ފައިސާ ދޭންޖެހޭ ގޮތަށް ވެސް އިސްލާހުގައި ހިމަނާފައިވެ އެވެ.

ނަމަވެސް، ރަސްމީ ބަންދު ދުވަސްތަކުގައި ކުރުވާ ހުރިހާ މަސައްކަތަކަށް އިތުރު ގަޑީގެ ފައިސާ ދޭއިރު ވެސް މުވައްޒަފުން އަމިއްލަ ކަންކަމުގައި އޮފީހުން ބޭރުގައި ހޭދަކުރާ ވަގުތު އުނިކުރަންޖެހޭނެ ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ.

އަމިއްލަ ކަންކަމުގައި މަސައްކަތުގެ މާހައުލުން ބޭރުގައި އުޅޭ ވަގުތު މާނަކުރުމާއި ރިކޯޑު ކުރުން، ދައުލަތުގެ އިދާރާތަކަށް އެ އިސްލާހުގައި ލާޒިމުކޮށްފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް