Advertisement

ލ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ޤާއިމްކޮށްފި

ލ. އަތޮޅުގެ ހުރިހާ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ އޭޓީއެމް ޤާއިމްކޮށް ޚިދުމަތްދޭން ފަށައިފިއެވެ. ލ. އަތޮޅުގެ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް ދޭންފަށާފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ މިހާރު ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމް ގާއިމްކުރެއްވުމަކީ ރައީސްގެ ވައުދުފުޅެކެވެ. އަދި މިހާރު މިވަނީ ލ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމްކޮށްފައެވެ.

Advertisement

ރައީސް ލ. އަތޮޅުގެ 11 ރަަށައް ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅުގައި ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް ލިބެންނެތް 7 ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ވަނީ ފައްޓަވާފައެވެ. އެއީ ހިތަދޫ، ކުނަހަންދޫ، ދަނބިދޫ، މާބައިދޫ، މުންޑޫ، އިސްދޫ އަދި ކަލައިދޫއެވެ.

އޭޓީއެމް ޚިދުމަތް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުތަކުގައި ރައީސްގެ އަރިހުގައި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

މިހާރު އޭޓީއެމް ޚިދުމަތް ނުލިބެނީ އައްޑޫ ސިޓީގެ މީހުން ދިރިއުޅޭ 2 ރަށަށެވެ. ބީއެމްއެލްގެ އަމާޒަކީ މިމަހުގެތެރޭ މި ރަށްރަށުގައިވެސް ޚިދުމަތް ޤާއިމްކޮށް މުޅި ރާއްޖެއަށް އޭޓީއެމްގެ ޚިދުމަތް ފުޅާކުރުމެވެ.

‘މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް’ މަޝްރޫއުގެ ދަށުން މިއަހަރު މުޅިން އަލަށް 103 ރަށެއްގައި ބީއެމްއެލްއިން މިހާރު މިވަނީ އޭޓީއެމް ގާއިމްކޮށްފައެވެ. މިއިން ދޭހަކޮށްދެނީ ރައްޔިތުންގެ މާލީ ބައިވެރިވުން އިތުރުކުރުމަށާއި ރަށްރަށުގެ ތަރައްގީއަށް ބީއެމްއެލްއިންދޭ އިސްކަންކަމަށް އެ ބޭންކުން ވަނީ ވިދާޅުވެފައެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު ބީއެމްއެލްއިން 20 އަތޮޅުގައި 42 ބްރާންޗް، 194 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ ދަނީ ހިންގަމުންނެވެ. އަދި 252 އޭޓީއެމްވެސް އެ ބޭންކުން ވަނީ ޤާއިމްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް