Advertisement

ކުރީގެ 3 މިނިސްޓަރުން އޭސީސީއަށް ގެންދަނީ ސިޔާސީ ރޭވުމެއްގައި: ރައީސް ސޯލިހް

ކުރީ ސަރުކާރުގެ ތިން މިނިސްޓަރަކު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުކުރަނީ ސިޔާސީ ބޭނުމެއްގައި ކަމަށް ވިދާޅުވެ، ބޭއިންސާފުން ހިންގާ ތަހުގީގުތަކާއި ސިޔާސީ ހުކުމްތަކުން ގައުމު ކިލަނބުވާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފި އެވެ.

އޭސީސީން ހިންގާ ތަހުގީގަށް ހާޒިރުވާން ޗިޓު ލިބިފައިވާ ކުރީގެ މިނިސްޓަރުންނަކީ، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ކުރީގެ އެޑިޔުކޭޝަން މިނިސްޓަރު އައިޝަތު އަލީ އެވެ.

Advertisement

މިކަމާ ގުޅިގެން ސޯލިހުގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ، އެމަނިކުފާނުގެ ކެބިނެޓުގެ ތިން މިނިސްޓަރުން އޭސީސީއަށް ހާޒިރުކުރަނީ ދައުލަތުގެ މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލިފައިވާ ދަނޑިވަޅެއްގައި ކަމަށެވެ. އަދި މިއީ އިދިކޮޅުގެ ސިޔާސީ ހަރަކާތްތަކަށް ހުރަސް އަޅަން ކުރާ ކަމެއްކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.

“ރާއްޖޭގެ ސިޔާސީ މަޝްރަހުގައި މި ވަގުތު މި ހިނގާ އިންސާފުން އެއްކިބާވެފައިވާ ކަންކަމަކީ ރައްޔިތުންގެ އަޑު ކަނޑުވާލަައި އިދިކޮޅު ސިޔާސީ ފަރާތްތައް ފަހަތަށް ޖެއްސުމަށް ރޭވިގެން ހިންގާ ވަރަށް ނުރަނގަޅު ކަންކަން،” ސޯލިހު ވިދާޅުވިއެވެ.

ސޯލިހު ވަނީ، މާޒީގައި ކަން ހިނގައިދިޔަ ގޮތް ހަނދުމަކުރަމުން، މިފަދަ ކަންކަމުން ދުރުވެ، އިންސާފާއި، ހަމަހަމަކަމާއި ގާނޫނުގެ ވެރިކަން އިސްކުރުމަށް ސަރުކާރަށް އިލްތިމާސްކޮށްފަ އެވެ.

އޭސީސީން ފައްޔާޒު އާއި އަމީރާއި އައިޝަތު އަލީ ވެސް ހާޒިރުކުރަނީ އޭރުގެ ސަރުކާރުން 2019 ގައި އުފެއްދި ޑިސްޕިއުޓް ރިޒޮލިއުޝަން ކޮމިޓީން ބަދަލު ދިން މައްސަލަތަކެއްގެ ތަހުގީގަށެވެ. މީގެ އިތުރުން ވެސް އޭރުގެ ސަރުކާރުގެ މިނިސްޓަރުންތަކެއް ހާޒިރުކުރާނެ ކަމަށް މައުލޫމާުތު ލިބިފައި ވެ އެވެ.

ކޮރަޕްޝަނާ ދެކޮޅަށް ކަމަށް ބުނެ ސަރުކާރުން ކުރާ މަސައްކަތްތަށް ގިޔަރެއް މައްޗަށް ޖައްސާލާފައި މިވަނީ އިދިކޮޅު ސިޔާސީ ހަރަކާތް ފުޅާކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ. އެމްޑީޕީން ބުނަނީ ސަރުކާރުން މި ކަންކަން ކުރަމުން އަންނަނީ އެ ޕާޓީގެ ސިޔާސީ ހަރަކާތްތައް ހުއްޓުވުމުގެ މަގުސަދުގައި ކަމަށެވެ. އަދި މިކަމުގައި ސަރުކާރަށް ވާގިވެރިވަނީ އޭސީސީން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް

މި ސަރުކާރު ނިމުމުގެ ކުރިން މަޖިލީހުގެ މެޖޯރިޓީ ނަގާނަން: މޫސަ

އިސްލާހު ކުރަން ޖެހޭކަމެއް މި ސަރުކާރަށް ނުފެނޭ، ޔޫޓާން ނަގައިގެން ވާނެ ފައިދާއެއް ނެތް: ރައީސް ސޯލިހު