Advertisement

މުއިއްޒު ފައިސާ ޗާޕު ނުކުރައްވާނެކަމަށް ވިދާޅުވެފައިމެ، އެ ވައުދާ ވެސް ހިލާފުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައިސާ ޗާޕުނުކުރައްވާނެ ކަމަށް ވެވަޑައިގަތް ވަޢުދާ ޚިލާފުވެވަޑައިގެންފައިވާ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ޝާހިދު ވިދާޅުވީ ގައުމުގެ މާލީ ނިޒާމަށް ނުރައްކާވާ ފަދަ ގޮތަކަށް ސަރުކާރުން އަމަލުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ފާހަގަކުރެއްވި ގޮތުގައި، ޕެންޝަން ފަންޑު މެދުވެރިކޮށް އެމްއެމްއޭއިން ސަރުކާރުގެ ޓީ-ބިލަށް އިންވެސްޓްކުރުމަކީ ސީދާ ފައިސާ ޗާޕުކުރުމުގެ އަމަލެކެވެ. މީގެ ސަބަބުން ތަކެތީގެ އަގު އުފުލި، ދިވެހި ރުފިޔާގެ ގަދަރު ކުޑަވެ، ޑޮލަރުގެ ތަދިކަން އިތުރުވެގެންދާނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.

Advertisement

މީގެ އިތުރުން، ޕެންޝަން އޮފީހުގެ އިސް ބޭފުޅުން އިސްތިއުފާ ދެއްވަމުން ގެންދަވަނިކޮށް، 2.4 ބިލިއަން ރުފިޔާ ޗާޕުކުރުމަކީ ރައްޔިތުންގެ މުސްތަގުބަލާއި ގައުމުގެ އިގްތިސާދީ ބިންގާ ހަލާކުކޮށްލުން ކަމަށް ޝާހިދު ސިފަކުރެއްވިއެވެ. އޭނާ ވިދާޅުވީ، މާލީ ނިޒާމަށް މިފަދަ ބޮޑު ގެއްލުމެއް ލިބޭނެ ގޮތަކަށް ސަރުކާރުން ކަންކަން ނިންމުމަކީ އިންތިހާއަށް ހިތާމަހުރި ކަމެއް ކަމަށެވެ.

ސަރުކާރުން ހިންގަން ނިންމާފައިވާ ބޮންޑު މުއާމަލާތުގެ މައްސަލައިގައި ޕެންޝަން އޮފީހުގެ މުވައްޒަފުންގެ ތެރޭގައި ކަންބޮޑުވެ ނުތަނަވަސްކަން ބޮޑުވެފައި ވަނިކޮށް، އެކަމާގުޅޭ މައުލޫމާތު ދޭ މުވައްޒަފުން ވެސް ވަޒީފާއިން ވަކިކުރާނެ ކަމުގެ އިންޒާރު މެނޭޖުމަންޓުން ދީފައިވާއިރު، މިއަދު ވަނީ އެކަމާގުޅޭގޮތުން މެމޯއެއް ވެސް ނެރެފައި ކަމަށް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ދަތުރުވެރިން އަރާމުކުރުމަށާއި ކުޑަކުދިން ކުޅެން ވީއައިއޭގައި އައު ޖާގައެއް

ހުޅުލޭ ބޭރުގައި މިރޭ ހަވާ އަރުވަނީ

މިނިވަން ދުވަހުގެ އަސްކަރީ ހިނގާލުން މާދަމާ ހުޅުމާލޭގައި ބާއްވަނީ

ދިވެހި ފާމަސިސްޓުން ބިނާކުރުމަށް ކޯސްތައް ބޭއްވުމަށް ސްޓޭޓް ފާމާ ކުންފުނިން މަޝްވަރާކޮށްފި