Advertisement

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިމަހު އޭޓީއެމް ބަހައްޓާ ނިމޭނެ: ބީއެމްއެލް

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިމަހު އޭޓީއެމް ބަހައްޓައި ނިމޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިދާޅުވެއްޖެއެވެ.

ރައީސް، ޑރ. މުއިއްޒު އދގެ އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެންމެ ފަހު މަންޒިލެއްގެ ގޮތުގައި ވަޑައިގެންނެވި، މަންދޫގައި އޭޓީއެމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާުގައި ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑް އެޑް މާކެޓިން ސްޓްރެޓެޖީ، މުހައްމަދު ސައީދު ވިދާޅުވީ، މިއަހަރުގެ 8 މަސް ދުވަހުގެ ތެރޭގައި 95 ރަށެއްގައި އޭޓީއެމް ބަހައްތާ ނިމިފައިވާ ކަމަށެވެ.

Advertisement

އަދި އޭޓީއެމް ނުބެހެއްޓި ހުރީ 10 ރަށުގައި ކަމަށާއި އެ ރަށްތަކުގައި ކުރިއަށް އޮތް 20 ދުވަސް ތެރޭ އޭޓީއެމް ބަހައްޓާ ނިންމާލެވޭނެ ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.

މިހާތަނަށް ބީއެމްއެލް އިން ވަނީ ރާއްޖޭގެ 17 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓާ ނިންމާފައެވެ. އެގޮތުން މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން އޭޓީއެމް ބަހައްޓައި ނުނިމޭ އަތޮޅުތަކަކީ ޅ. އަދި ލ. އަތޮޅުގެ އިތުރުން އައްޑު އަތޮޅުގައެވެ.

ރާއްޖޭގައި އޭޓީއެމް ބަހައްޓަން ފަށާފައި ވަނީ 2000 ވަނަ އަހަރުއެވެ. އެއަހަރުން ފެށިގެން ފާއިތުވި 24 އަހަރުތެރޭ މާލެ ފިޔަވައި 81 ރަށުގައި އޭޓީއެމް ވަނީ ބަހައްޓާފައެވެ. އިއްޔެ މަންދޫގައި ބެހެއްޓި އޭޓީއެމްއަކީ ބީއެމްއެލްގެ 250 ވަނަ އޭޓީއެމްއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް