އައްޑޫ ސިޓީ ހުޅުމީދޫގައި މިރޭ ހަވާ އެރުވުމަށް ނިންމާފައިވާ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ އައްޑޫ ސިޓީ ހުޅުމީދޫ ބަނދަރު ސަރަހައްދުގައި މިރޭ 22:30 ގައި ހަވާ އެރުވުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.
ހަވާ އެރުވުން ކުރިއަށް ގެންދާނީ ތިން މިނެޓެއް ހާއިރަށް ކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.
އެއީ ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް ވެސް ވިދާޅުވިއެވެ.
ހަވާ އެރުވުމަކީ އެމްއެންޑީއެފްއިން ވިޔަފާރީގެ އުސޫލުން ކުރަމުންދާ ކަމެކެވެ. އާންމުކޮށް ހަވާ އަރުވާ ވަގުތުތަކުގައި ފޮޓޯ ނެގުމަށް ގިނަ ބަޔަކު އެއްވާކަން ފާހަގަކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު