Advertisement

އިންޑިއާއަށް ދާއިރު އޮންލައިންކޮށް އެރައިވަލް ކާޑު ފުރަން ޖެހޭ ގޮތް ހަދައިފި

މާދަމާ އިން ފެށިގެން އިންޑިއާއަށް ދާއިރު، “އިންޑިއަން ޑިޖިޓަލް އެރައިވަލް ކާޑު” އޮންލައިންކޮށް ފުރޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

އިންޑިއާގެ އިމްގްރޭޝަނުން ގެނައި މި ބަދަލާއެކު، އިމިގްރޭޝަން ކައުންޓަރުތަކުގައި އެތައް އިރަކު މަޑު ކުރަން ޖެހުމަށް ނިމުމެއް އައިސް ދަތުރުފަތުރުގެ ކަންކަން އިތުރަށް ފަސޭހަވެގެންދާނެ ކަމަށް އިންޑިއާގެ އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

Advertisement

މިހާރު އޮންނަ އުސޫލުން ނަމަ އިންޑިއާއަށް އެތެރެވާ ބިދޭސީން ކާޑު ފުރަން ޖެހޭނީ އިންޑިއާ އެއާޕޯޓުގައި ތިބެއެވެ. ނަމަވެސް، މާދަމާއިން ފެށިގެން މިކަންކަން އޮންލައިންކޮށް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މަސައްކަތަށް، ފަތުރުވެރިކަމަށް، ކިޔެވުމަށް ނުވަތަ ވިޔަފާރީގެ ބޭނުމަށް އިންޑިއާއަށް ދަތުރުކުރާ ހުރިހާ ފަރާތްތަކުންވެސް މި އީ-އެރައިވަލް ކާޑު އޮންލައިންކޮށް ހުށަހެޅޭނެއެވެ.

އިންޑިއާއަކީ ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާއަށާއި ތައުލީމް ހާސިލުކުރުމަށާއި ޗުއްޓީ ހޭދަކުރުމަށް ދާ އަވަށްޓެރި ގައުމެކެވެ. މި ބަދަލާއެކު ދިވެހިންނަށްވެސް ފަސޭހަކަމާއެކީ އިންޑިއަށް ދަތުރުކުރެވޭނެއެވެ.

އީ-އެރައިވަލް ކާޑުގައި، ޕާސްޕޯޓް ނަންބަރު، ގައުމު، ދަތުރުގެ ބޭނުން، އިންޑިއާގައި ހުންނާނެ އެޑްރެސް އަދި ގުޅޭނެ ތަފްސީލު ފަދަ އާދައިގެ މައުލޫމާތުތައް ފުރަން ޖެހޭނެއެވެ.

އިންޑިއާގެ ހޯމް މިނިސްޓަރު އަމިތު ޝާހުގެ އިސްނެންގެވުމާއެކު، އެގައުމުގެ ހޯމް މިނިސްޓްރީން ދަނީ އިމިގްރޭޝަންގެ ކަންކަން އަވަސްކުރުމަށް ޓެކްނޮލޮޖީގެ ބޭނުން ހިފަމުންނެވެ. މި މަހުގެ ކުރީކޮޅު، ލަކްނައު، ތިރުވަނަންތަޕޫރަމް، ޓްރިޗީ، ކޮޒިކޯޑް އަދި އަމްރިތްސަރް އެއާޕޯޓުތަކުގައި “ފާސްޓް ޓްރެކް އިމިގްރޭޝަން – ޓްރަސްޓެޑް ޓްރެވަލާ ޕްރޮގްރާމް (އެފް.ޓީ.އައި-ޓީ.ޓީ.ޕީ)” ވަނީ އިފްތިތާހުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް