Advertisement
އެޕަލްއިން ރޭ ނެރުނު އުފެއްދުންތައް-- ފޮޓޯ: ޖާނޯ ޖަންކްޝަން

އައިފޯން 17 އާއެކު އެންމެ ފަހުގެ އެޕަލް އުފެއްދުންތައް ނެރެފި

ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި އައިފޯން 17 އާއި އެޕަލްގެ ފަހުގެ އުފެއްދުންތައް ނެރެފިއެވެ.

މިރޭ ބޭއްވި އިވެންޓުގައި އެންމެ ފުރަތަމަ ދައްކާލާފައިވަނީ އެޕަލް އެއާޕޮޑްސް ޕްރޯ 3 އެވެ. މިއީ މުޅިން އަލަށް އެޕަލްއިން ނެރެފައިވާ އެއާޕޮޑެކެވެ. ތަފާތު އެކި ފީޗާތައް ހިމަނާފައިވާ މި އެއާޕޮޑަކީ އެތްލީޓުންނާއި ވެސް ވަރަށް ގުޅޭ ގޮތަށް ފަރުމާ ކޮށްފައިވާ އެއާޕޮޑެކެވެ.

Advertisement

އަލަށް ނެރެނު އެއާޕޮޑް ޕްރޯ 3 ގެ އެންމެ ތަފާތު އެއް ފީޗާއަށް ބަލާއިރު، އެއާޕޮޑް ޖަހައިގެން ހުންނަ ވަގުތު މީހަކު އެހެން ބަހުރުވައަކުން ވާހަކަ ދައްކައިފިނަމަ، އެޕަލް އިންޓެލިޖެންސުން އެ ބަހުރުވައެއް އެމީހަކު ވާހަކަ ދައްކާ ބަހުރުވައަށް ބަދަލުކޮށްދެއެވެ. މިސާލަކަށް ބުނާނަމަ، ތުރުކީ ބަސް ނޭނގޭ މީހަކާއި އެގައުމުގެ ބަހުރުވައިން ވާހަކަ ދެއްކުމުން، އިނގިރޭސިއަށް ޓްރާންސްލޭޓް ކޮށްދޭނެއެވެ.

އެޕަލްއިން ދެން ނެރެފައިވާ އުފެއްދުންތައް:

  • އެޕަލް ވޮޗް ސީރީސް 11
  • އެޕަލް ވޮޗް އެސްއީ 3
  • އެޕަލް ވޮޗް އަލްޓްރާ 3
  • އައިފޯން 17
  • އައިފޯން އެއާ
  • އައިފޯން 17 ޕްރޯ

އެޕަލް އިން މިރޭ ބޭއްވި އިވެންޓުގައި އެ ކުންފުނީގެ ސީއީއޯ، ޓިމް ކުކް ވިދާޅުވީ، މިރޭ ނެރުނު އެއާޕޮޑްސް ޕްރޯ 3 އާއި އެޕަލް ވޮޗް ސީރީސް 11 އާއި އައިފޯން 17 ޕްރޯ އަކީ މިހާތަނަށް އެކުންފުނިން އުފެއްދި އެންމެ ކާމިޔާބު، އަދި އެންމެ ފީޗާސްތައް ގިނަ، ވަރުގަދަ ފޯނު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ކޮފީ ބޯ ކުދިން ކޮބާ؟ ދުވާލެއްގެ މައްޗަށް ބުއިން ރަނގަޅީ ކިތައް ކޮފީކަން އިނގޭތަ؟

ރެސިޕީ: ތަންދޫރީ ޗިކަން ޕިއްޒާ

ރެސިޕީ: ޗޮކޮލެޓް މޫސް

ރެސިޕީ: ޗިކަން ޝަވަރުމާ މީރުކުދިންނަށް