Advertisement

ދޮންފަނު ބިން ނުހިއްކަން ނިންމުމުން މުޒާހަރާ ކޮއްފި!

ބ. ދޮންފަނު ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށް ނުގެންދަން ނިންމުމުން އެ ރަށުގެ ރައްޔިތުން މުޒާހަރާ ކުރަމުންދާ ކަމަށް ދޮންފަނު ކައުންސިލްގެ ރައީސް އަޙުމަދު އިރުޝާދު ވިދާޅުވެއްޖެއެވެ.

ދޮންފަނުގެ ބިން ހިއްކުން ކުރިއަށް ނުގެންދަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވީ މިއަދު އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

Advertisement

ދޮންފަނުގެ ބިން ހިއްކުމާއި ދެކޮޅަށް ގިނަ ބަޔަކު ސޯޝަލްމީޑިއާގައި އަޑުއުފުލަމުންދާ މި ދަނޑިވަޅުގައި ރައީސް ކުރެއްވި ޕޯސްޓްގައި އެމަނިކުފާނު ވިދާޅުވީ ރަށްރަށުގައި ކުރާނެ ކަންކަމާބެހޭ ވަޢުދު ވަނީ އެ ރަށެއްގެ ރައްޔިތުންގެ ފަރާތުން އެދިގެން ކަމަށާ އެކަމަކަށާ ރަށެއްގެ ރައްޔިތުން ބޭނުން ނުވާ ކަމެއް އެ ރަށެއްގައި އެމަނިކުފާނުގެ ސަރުކާރުން ނުކުރާނެ ކަމަށެވެ.

ދޮންފަނުގެ ބިން ހިއްކުން ކުރިއަށް ނުގެންދަވަން ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާއި ގުޅިގެން ބިން ހިއްކުން ކުރިއަށް ނުގެންދިޔަ ނަމަވެސް ބަނދަރުގެ މައްސަލަ ޙައްލުކުރުމާއި، ގޮޑުދޮށް ޙިމާޔަތްކުރުން ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށް ގެދޮރުވެރިކަމާބެހޭ ވަޒީރު ޢަބްދުﷲ މުއްޠަލިބު މިއަދު ވަނީ ވިދާޅުވެފައެވެ.

ދޮންފަނުގެ ބިން ހިއްކުމާއި ދެކޮޅަށް އަޑު އުފުލަމުން ދަނީ އެރަށުގެ ކައިރީގައި އޮންނަ ހަނިފަޅުބޭއަށް ގެއްލުންވާނެ ކަމަށް ބުނެއެވެ. ހިމާޔަތްކޮށްފައިވާ ހަނިފަޅުބޭއަކީ ގިނަ އަދަދަކަށް މަޑި އާލާވާ ސަރަހައްދެއްކަން ފާހަގަ ކުރެވެއެވެ. އަދި އެ ސަރަހައްދަކީ ދުނިޔޭގައި ވެސް އެންމެ ގިނަ އަދަދަކަށް އެންމަޑި އުޅޭ ސަރަހައްދު ކަމަށް ވެސް އަޑުއުފުލާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި