Advertisement

ތިލަފުށީ ބަނދަރު މަރާމާތު ކުރުމުގެ %91 މަސައްކަތް ނިމިއްޖެ

ކ. ތިލަފުށި ބަނދަރު މަރާމާތު ކުރުމުގެ %91 މަސައްކަތް ނިމިއްޖެއެވެ.

ތިލަފުށީ ބަނދަރު މަސައްކަތުގެ 91 އިންސައްތަ ނިމިފައި ވާއިރު މިހާރު ކުރިއަށް ދަނީ ކޮންކްރީޓް އާއި ޕޭމަންޓް މަސައްކަތް ކަމަށް އެމްޓީސީސީ އިން ވަނީ ހާމަ ކޮށްފައެެވެ.

Advertisement

އެމްޓީސީސީން ތިލަފުށީގެ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މާލޭ ވިޔަފާރި ބަނދަރުގެ ބަދަލުގައި ތިލަފުށީގައި ޓްރާންޝިޕްމަންޓް ބަނދަރެއް އެޅުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ. މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުވުމުން ނޯތު ހާބަރާއި ޓީޖެޓީ ވެސް އެ ސަރަހައްދަށް ބަދަލުކުރުމަށް ނިންމާފައިވާކަން ވެސް އެމްޕީއެލްއިން ވަނީ ހާމަކޮށްފައެވެ.

ސަރުކާރުން ވަނީ ތިލަފުށީގަ ބަނދަރު ތަރައްގީ ކުރުމަށް 20 ހެކްޓަރުގެ ބިމެއް ހަމަޖައްސައި ކޮންސެޕްޓް ޑިޒައިން އެކުލަވާލައިފައެވެ. ކުރީ ސަރުކާރުން ގުޅިފަޅުގައި އަޅަން ނިންމި ބަނދަރު ތިލަފުއްޓަށް ބަދަލުކުރިކަން ރައީސް މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް