Advertisement

ސިނަމާލެ ބްރިޖަކީ ރާއްޖެ-ޗައިނާގެ ގުޅުން ދިގުދެމިގެންދާނެ ކަމުގެ ހެއްކެއް: ރައީސް

ސިނަމާލެ ބްރިޖަކީ ރާއްޖެ އާއި ޗައިނާއާ ދެމެދު ހިއްސާކުރެވޭ އެއްބައިވަންތަކަމާއި އިތުބާރާއި ތަނަވަސްކަމުގެ ދިގުދެމިގެންދާ ގުޅުންތަކުގެ ފަހުރުވެރި ހެއްކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު ވިދާޅުވެއްޖެެއެވެ.

އެ ބްރިޖަށް ހަތް އަހަރު ފުރުމުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިނަމާލެ ބްރިޖުގެ ސަބަބުން ގައުމަށް އިތުރު މަގުތަކެއް ހުޅުވިގެންދިޔަ ކަމަށެވެ.

Advertisement

“މީގެ ހަތް އަހަރު ކުރިން މިއަދު ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ ސަބަބުން އަޅުގަނޑުމެންގެ ޤައުމަށް އާ މަގުތަކެއް ހުޅުވިގެންދިޔައީ. ސިނަމާލެ ބްރިޖަކީ ހަގީގީ ޕާޓްނަޝިޕަކުން ހާސިލްކުރެވޭނެ ކަންކަމާއި، ރާއްޖެ އާއި ޗައިނާއާ ދެމެދު ހިއްސާކުރެވޭ އެއްބައިވަންތަކަމާއި އިތުބާރާއި ތަނަވަސްކަމުގެ ދިގުދެމިގެންދާ ގުޅުންތަކުގެ ފަހުރުވެރި ހެއްކެއް” ރައީސް ވިދާޅުވިއެވެ.

2018 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު ހުޅުވި “ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް” އަޅަން 200 މިލިއަން ޑޮލަރު ހަރަދުވިއެވެ. އޭގެ ތެރޭގައި ހިމެނެނީ ޗައިނާ ސަރުކާރުން ދިން ހިލޭ އެހީގެ 116 މިލިއަން ޑޮލަރާއި ލޯނު އެހީގެ ގޮތުގައި އެގައުމުން ދިން 72 މިލިއަން ޑޮލަރެވެ. މި މަޝްރޫއުއަށް ދިވެހި ސަރުކާރުން ވަނީ 12 މިލިއަން ޑޮލަރު ހަރަދު ކޮށްފައެވެ.

އެ މަޝްރޫއު ކުރިއަށްގެންދެވިއިރު، ގެދޮރުވެރިކަމާއި ބެހޭ ވުޒާރާގެ ވަޒީރަކަށް ހުންނެވީ މިހާރުގެ ރައީސް ޑރ. މުއިއްޒެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

މިއީ އެމްޑީޕީގެ ސަފުތައް ރުކުރުވާލައި، މިސަރުކާރު ބަލިކުރުމުގެ މަސައްކަތް ފަށަންވީ ވަގުތު: ޝާހިދު

ވޯޓުލުން ކުރިއަށްދާ ގޮތާމެދު މީކާއިލްގެ ޝަކުވާތަކެއް، ގޮވާލެއްވީ އިންތިހާބުގެ މިނިވަންކަން ކަށަވަރުކުރަން!

ފީއަލީގައި ވޯޓުލަނީ ރަސްމީ ލިސްޓަށް ނޫން ކަމުގެ ޝަކުވާ ލިބުމުން ވޯޓުލުން މެދުކަނޑާލައިފި

އެމްޑީޕީ ޗެއާޕާސަން އިންތިޚާބު: ފިޔޯރީގައި ބެހެއްޓި ވޯޓްފޮށި ފަޅާލައި، ބޮޑު ހަމަނުޖެހުމެއް ހިނގައިފި