Advertisement

ހުޅުމާލެ ހޮސްޕިޓަލުގައި އައިނު ފިހާރަ ހުޅުވައިފި

ހުޅުމާލެ ހޮސްޕިޓަލުގައި އައިނު ފިހާރަ، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ “އެމްސީޖީއެޗް އޮޕްޓިކަލްސް ހުޅުމާލެ” ހުޅުވައިފިއެެވެ.

މާލެ ސަރަހައްދުގައި ސަރުކާރުގެ ފުރަތަމަ އައިނު ފިހާރަ ހުޅުވީ މިދިޔަ ޖުލައި މަހުގެ 27 ވަނަ ދުވަހު އައިޖީއެމްއެޗްގައެވެ. މިތަން ހުޅުވާދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. ދެ މަސްދުވަހުގެ ކުރު މުއްދަތެއްގެ ތެރޭގައި ހުޅުވި، އެމްސީޖީއެޗް އޮޕްޓިކަލްސް އިން، ލޮލުގެ ނަންބަރު ނެގުމާއި، ލޮލުގެ ބައެއް ބަލިތައް ދެނެގަތުމާއި، އައިނު ހެއްދުމުގެ ހިދުމަތް ފޯރުކޮށްދެމުންދެއެވެ.

Advertisement

ހުޅުމާލެ ހޮސްޕިޓަލުގެ އައިނު ފިހާރަ— ފޮޓޯ:ހުޅުމާލެ ހޮސްޕިޓަލް

މިއަދު ހުޅުމާލެ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި އައިނު ފިހާރަ ހުޅުމާލެ ހޮސްޕުޓަލްގައި ރަަސްމީކޮށް ހުޅުވައިދެއްވުމުގައި ބައިވެރިވެވަޑައިގެންނެވީ އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބެވެ.

މީގެ ކުރިން ރާއްޖޭގައި އައިނު ހެދުމުގެ ހިދުމަތް ދެމުން އައީ ހަމައެކަނި އަމިއްލަ ފަރާތްތަކުންނެވެ. އައިނުގެ އަގު ބޮޑުވުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑު ހަރަދެއް ކުރަން ޖެހި، އާސަންދައިން ލިބޭ 1،000 ރުފިޔާ އުނިކުރުމަށް ފަހު ވެސް ބޮޑެތި އަދަދުތަކެއް އަމިއްލަ ހަރަދުން ދައްކަން ޖެހުމުން، މިކަމާ ގުޅޭގޮތުން ގިނަ ޝަކުވާތަކެއް ވަނީ ފެންމަތިވެފައެވެ.

މިކަމަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އާސަންދައިގެ ދަށުން އައިނަށް ލިބޭ ފައިސާގެ އަދަދު 1،000 ރުފިޔާއިން 2،000 ރުފިޔާއަށް 2025 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން ބޮޑުކުރައްވާފައެވެ. އަދި އާސަންދައިގެ ދަށުން އައިނު ހަދައިދިނުމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އަށް އެންގެވީ ވެސް ރައީސް މުއިއްޒުއެވެ.

އެމް.ސީ.ޖީ.އެޗްގެ ސީ.އީ.އޯ އިބްރާހިމް އަބްދުލް ރައްޒާގު ހަލީމް ވިދާޅުވެފައިވާ ގޮތުގައި، މި ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން، ކުރިއަށް އޮތް މަސްތަކުގައި ހުޅުމާލެ ހޮސްޕިޓަލްގައި ވެސް މި ހިދުމަތް ފަށައި، އޭގެ ފަހުން ރާއްޖޭގެ ރީޖަނަލް ހޮސްޕިޓަލްތަކަށް ވެސް ފުޅާކުރެވޭނެއެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ވެސް ހިލޭ އައިނު ހެދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

އިސްރަށްވެހިންނަށް ކުރާ އަނިޔާ ރިޕޯޓް ކުރާ މިންވަރު ކަންބޮޑުވާވަރަށް ގިނަ: އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާ

ޞާދިޤު މެންބަރު ކަމުގެ ހުވާ ކުރައްވައިފި

ފަތުރުވެރިން އައި އަދަދު މިލިއަނަކާ ގާތަށް

އަންނަ ދިރާސީ އަހަރަށް އަރަބިއްޔާ ސުކޫލުގެ އައު އިމާރާތް ހުޅުވަނީ