Advertisement

ސިވިލް ސާވިސް ކޮމިޝަނަށް 3 މެމްބަރުން އައްޔަނުކުރަން މަޖިލީހުން ފާސްކޮށްފި

ސިވިލް ސާވިސް ކޮމިޝަން (ސީޢެސްސީ) އަށް 3 މެމްބަރުން އައްޔަނުކުރަން މަޖިލީހުން ފާސްކޮށްފިއެވެ.

ސީޢެސްސީޢަށް އައްޔަން ކުރުމަށް މަޖިލީހުން ރުހުން ދެއްވީ ޑރ. ދީބާ މޫސާ، ޑރ. ހުސައިން ފާއިޒު އަދި މުހައްމަދު ނާސިހު އަށެވެ.

Advertisement

މި 3 މެމްބަރުން އައްޔަން ކުރެވުނީ، ސިވިލް ސަރވިސް ކޮމިޝަންގެ ތިން މެންބަރެއްގެ މަގާމުގެ މުއްދަތު އަންނަ މަހުގެ 3 ވަނަ ދުވަހު ހަމަވާތީ، އެ މަގަމުތަކަށް އާ މެންބަރުން ހޯދުމުގެ ގޮތުންނެވެ.

މުއްދަތު ހަމަވާ މެންބަރުންނަކީ، ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހާއި، މެމްބަރުން ކަމަށްވާ މުހައްމަދު ފަރުސަތާއި، ފާތިމަތު ޝަރީފެވެ.

މި ބޭފުޅުންގެ ތެރެއިން މުހައްމަދު ނާސިހު ވަނީ އަލުން އައްޔަން ކުރެވޭ ތިން މެންބަރުންގެ ތެރޭގައި ހިމެނިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ސީއެސްސީގެ ހުސްވާ ތިން މަގާމަށް އައްޔަން ކުރެއްވުމަށް 6 ބޭފުޅެއްގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައެވެ. މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މި ނަންތައް ދިރާސާ ކުރެއްވުމަށްފަހު، 75 އިންސައްތައަށް ވުރެ މަތިން މާކްސް ލިބިފައިވަނީ ތިން ބޭފުޅަކަށެވެ.

އެއީ މ. ވައިޓްބެލް، ޑރ. ދީބާ މޫސާ، ދަފްތަރު ނަންބަރު: 1325، ޑރ. ހުސައިން ފާއިޒު އަދި މ. ފަލްކަން، މުހައްމަދު ނާސިހުއެވެ.

މި ތިން ބޭފުޅުންނަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގުނު ވޯޓުގައި، ޑރ. ދީބާ މޫސާ އައްޔަން ކުރެއްވުމަށް 60 މެމްބަރުން ވޯޓު ދެއްވިއިރު، ޑރ. ހުސައިން ފާއިޒު އައްޔަން ކުރެއްވުމަށް 54 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ. އަދި މުހައްމަދު ނާސިހު އައްޔަން ކުރެއްވުމަށް 52 މެންބަރުން ވޯޓު ދެއްވާފައިވެއެވެ.

ސިވިލް ސަރވިސް ކޮމިޝަނަކީ ފަސް މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ ކޮމިޝަނެކެވެ.

ކޮމިޝަންގެ މެމްބަރެއްގެ މަގާމުގެ މުއްދަތަކީ ފަސް އަހަރު ދުވަހެވެ.

މި 3 މެންބަރުން އައްޔަން ކުރުމާއިއެކު، ސިވިލް ސަރވިސް ކޮމިޝަންގެ އެންމެހާ މަގާމުތަކަށް މެންބަރުން އައްޔަން ކުރެވި، ކޮމިޝަންގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްގެންދިއުމަށް މަގުފަހިވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

އިސްރަށްވެހިންނަށް ކުރާ އަނިޔާ ރިޕޯޓް ކުރާ މިންވަރު ކަންބޮޑުވާވަރަށް ގިނަ: އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާ

ޞާދިޤު މެންބަރު ކަމުގެ ހުވާ ކުރައްވައިފި

ފަތުރުވެރިން އައި އަދަދު މިލިއަނަކާ ގާތަށް

އަންނަ ދިރާސީ އަހަރަށް އަރަބިއްޔާ ސުކޫލުގެ އައު އިމާރާތް ހުޅުވަނީ