Advertisement

މީރާގެ ބޯޑަށް 4 މެންބަރުން އައްޔަންކުރަން މަޖިލީހުން ރުހުންދީފި

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ބޯޑަށް ހަތަރު ބޭފުޅަކު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

މީރާގެ ބޯޑަށް ހަތަރު މެމްބަރުން އައްޔަން ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، 14 ބޭފުޅެއްގެ ނަން މިމަހުގެ 4 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާއަށް ވަނީ ފޮނުއްވައިފައެވެ. އެ މައްސަލަ ދިރާސާ ކުރުމަށްފަހު އިގްތިސާދީ ކޮމިޓީން ވަނީ އަށް ބޭފުޅަކަށް %75 އަށްވުރެ މަތިން މާކްސް ދީފައެވެ.

Advertisement

މި ނަންތައް ދިރާސާ ކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ވަނީ އެ ބޭފުޅުންގެ ގާބިލިއްޔަތާއި ތަޖުރިބާ އަށް ބެލުމަށްފަހުގައެވެ.

ކޮމިޓީން އެންމެ މަތިން މާކްސް ލިބުނު ފަރާތްތަކުގެ ތަރުތީބުން ކޮންމެ ބޭފުޅަކަށް ވަކިން ވޯޓަށް އެއްސެވިއެވެ.

އެގޮތުން، ވޯޓު ދެއްވި މެންބަރުންގެ އިއްތިފާގުން، މީރާގެ ބޯޑަށް އައްޔަން ކުރުމަށް ރުހުން ދިނީ މުހައްމަދު އިމްތިނާން ސައުދުﷲ އާއި ހުޝާމް ވަހީދާއި އިސްމާއިލް ހަމްދޫން އަދި އަހްމަދު އަލީއަށެވެ.

މި ބޭފުޅުންގެ ތެރެއިން އިމްތިނާންއަކީ މަޖިލިހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީގެ ދަރިކަލުންނެވެ.

މަޖިލިހުގައި ނެގި ވޯޓުގައި ސައުދުﷲ ބައިވެރިވެވަޑައިނުގަންނަވާ އިރު، ކޮމިޓީގައި އިންޓަވިއު އަދި މާކްސް ދިނުމުގެ ކަންކަން ކުރިއަށް ދިޔައިރު ވެސް އޭނާ ބައިވެރިވެވަޑައެއް ނުގަންނަވައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބުމާއެކު، މި ބޭފުޅުން މީރާގެ ބޯޑަށް ރަސްމީކޮށް އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

މީރާގެ ބޯޑަކީ ޖުމްލަ 7 މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި