Advertisement
އަތުލައިގަތް މީހާ އާއި އެ ޕިކަޕުން ފެނުނު ބަނގުރާ ދަޅުތައް.-- ފޮޓޯ: ޕޮލިސް

ހުޅުމާލޭގައި ފުލުހުންނަށް ފިލަން ދުއްވި ޕިކަޕެއް ހުއްޓުވިއިރު 144 ބަނގުރާ ދަޅު!

ހުޅުމާލޭގައި ފުލުހުންނަށް ފިލަންވެގެން ދުއްވި ޕިކަޕެއް ހުއްޓުވައި ބަލައި ފާސްކުރިއިރު، 144 ބަނގުރާ ދަޅު ފެނިއްޖެއެވެ.

ފުލުހުން މިއަދު ވިދާޅުވީ ހުޅުމާލެ ފޭސް 1 ގެ ފުލުހުން ރަށުތެރެ ޕެޓްރޯލު ކުރަމުންދިޔައިރު ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ޕިކަޕަކަށް ފުލުހުން އަތުން އިޝާރާތްކޮށް އަދި ބަރުގޮނު އަޅައިގެން ވެސް މަޑުކުރަން އެންގުމުން މަޑުނުކޮށް ބާރު ސްޕީޑުގައި އަދި ޒިގްޒެކްކޮށް އެކި މަގުތަކުން ދުއްވާފައި ގޮސްފައިވާ ކަމަށެވެ.

Advertisement

ފުލުހުން އެ ޕިކަޕު ފަހަތުން ގޮސް ހުއްޓުވައި ޕިކަޕު ދުއްވަންއިން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އަދި އެ ޕިކަޕު ބަލައި ފާސްކުރިއިރު، 144 ބަނގުރާ ދަޅު ފެނިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކުރީ ފުލުހުން ވިދާޅުވި ގޮތުގައި އިންޑިއާގެ އުމުރުން 28 އަހަރުގެ ރައްޔިތެކެވެ. އެމީހާ ހައްޔަރުކުރީ ބަނގުރާ ގެންގުޅެ ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

I Ibbe
Mimeehun fahaidhuvumugebadhalugai mimeehun mithakethi hoadhaagotheh noonthoa eyhodhanvee

ލިޔުމާއި ގުޅޭ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް