Advertisement

ގައުމީ ޕޭމަންޓް ސިސްޓަމަށް އިސްލާހު ގެނައުމުގެ ބިލު ފާސްކޮށްފި

އުމީ ޕޭމަންޓް ސިސްޓަމަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހުން ފާސްކޮށްފިއެވެ.

މި ބިލު މަޖިލީހުން ފާސްކުރީ 63 މެމްބަރުންގެ ވޯޓާއި އެކުގަައެވެ. ބިލާއި ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓް ދީފައިނުވާއިރު ވަކި ގޮތަކަށް ވޯޓް ދޭން ނުފެންނަ ކަމަށް 2 މެމްބަރުން ވޯޓް ދެއްވިއެވެ.

Advertisement

ސަރުކާރުގެ ފަރާތުން ބިލް ހުށަހަޅުއްވާފައިވަނީ، މަކުނުދޫ ދާއިރާގެ މެމްބަރު އާދަމް ޝަފީޤެވެ.

ޤައުމީ ޕޭމަންޓް ސިސްޓަމް ބިލަށް ފިނޭންސް މިނިސްޓްރީ އާއި، މަރުކަޒީ ބޭންކްގެ އިތުރުން ހުރިހާ ބޭންކްތަކަށާއި ވެސްޓަން ޔޫނިއަންގެ އިތުރުން އިކޮނޮމިކް މިނިސްޓްރީ އާއި ސީއެމްޑީއޭ ފަދަ ތަންތަނަށް ވަނީ ހިޔާލުދިނުމަށް އެދި ފޮނުވާފައެވެ. އެކަމަށް އެދި ފޮނުވުމުން ހިޔާލު ފޮނުވާފައިވަނީ، ފިނޭންސް މިނިސްޓްރީއާއި، މަރުކަޒީ ބޭންކާ ސީއެމްޑީއޭގެ އިތުރުން އިކޮނޮމިކް މިނިސްޓްރީ އާއި އިސްލާމިކް ބޭންކުންނެވެ. އަދި ޕަބްލިކަށް ހުޅުވާލުމުން ހިޔާލު ހުށަހަޅާފައިވަނީ ދިރާގްފިންޓެޗުންނެވެ.

ޤައުމީ ޕޭމަންޓް ސިސްޓަމް ޤާނޫނަށް ހުށެހެޅި އިސްލާހްގައި ބުނެފައިވަނީ، ޕޭމަންޓް ހިދުމަތެއް ދިނުމަށްޓަކައި މަރުކަޒީ ބޭންކަށް ހިއްސާދާރެއްގެ ނުވަތަ ޕާޓްނަރެއްގެ ހައިސިއްޔަތުން ކުންފުންޏެއް/ ޕާޓްނަރޝިޕެއް ނުވަތަ ޖޮއިންޓް ވެންޗާއެއް ހެއްދިދާނެ ކަމަށެވެ.

މީގެ އިތުރުން ގެނެވުނު އސްލާހްގައި ބުނެފައިވަނީ މަރުކަޒީ ބޭންކުން އިސްތިސްނާކޮށްފައިވާ ފަރާތްތަކާއި އެފަދަ ފަރާތްތައް ފިޔަވައި އެހެން އެއްވެސް ފަރާތަކުން ހުއްދަ ލިބިގެން މެނުވީ ރާއްޖޭގައި ޕޭމަންޓް ހިދުމަތެއް ދީގެން ނުވާނޭކަމަށެވެ.

އަދި އެފަދަ ކަމެއް ކޮށްފިނަމަ އެއްލައްކަ ރުފިޔާ އާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭގޮތަށް މަރުކަޒީ ބޭންކަށް ވަނީ ބާރުދީފައެވެ.

ބިލް ދިރާސާކުރި މާލިއްޔަތު ކޮމިޓީން ބިލް ފާސްކޮށްފައިވަނީ، ކޮމިޓީއަށް ވަޑައިގެންނެވި މެމްބަރުންގެ ތެރެއިން 7 މެމްބަރެއްގެ ތާއީދާއެކުއެވެ.

ޤައުމީ ޕޭމަންޓް ސިސްޓަމް ވަކި ކުންފުންޏެއްގެ ދަށުން ހިންގުމަށް ނިންމާފައިވާކަން މަރުކަޒީ ބޭންކުން އިއުލާނުކޮށްފައިވަނީ ހުސްވި ޖުލައިމަހުގެ 26 ވަނަ ދުވަހެވެ.

އެމްއެމްއޭއިން ޤައުމީ ޕޭމަންޓް ސިސްޓަމް ހިންގުމަށް ނިންމާފައިވަނީ ޕޭމަންޓް މޯލްޑިވްސް ނަމުގައި ކުންފުންޏެއް ހަދައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް