އިންޝުއަރެންސް އާއި ބެހޭ ބިލު މަޖިލީހުން ފާސްކޮށްފިއެވެ.
މިބިލަކީ ދިވެހިރާއްޖޭގެ އިންޝުއަރެންސްގެ ދާއިރާގެ ފެންވަރު ހިފެހެއްޓުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި ބިލެކެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މަހިބަދޫ ދާއިރާގެ މެމްބަރު ތާރިގް އިބްރާހިމެވެ.
މި ބިލު މަޖިލީހުން ފާސްކުރީ ވޯޓްގައި ބައިވެރިވެ ވަޑައިގެންނެވި 67 މެމްބަރުންގެ އިއްތިފާގުންނެވެ.
ބިލުގައި ވާ ގޮތުގައި އިންޝުއަރެންސް ޤާނޫނު ތަންފީޒު ކުރާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިންނެވެ.
އިންޝުއަރެންސް ވިޔަފާރިތައް އަދި އިންޓަރ މީޑިއަރީތައް ރެގިއުލޭޓްކޮށް އެއޮތޯރިޓީން ސުޕަވައިޒް ކުރާނެއެވެ.
ލައިސަންސް ނެތި ވިޔަފާރިކުރާ ފަރާތްތައް 100،000 ރުފިޔާ އާއި 5 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ އިޚުތިޔާރު އެމްއެމްއޭއަށް ލިބެއެވެ.
ބިލު ޤާނޫނަކަށްވުމުން ރާއްޖޭގައި އިންޝުއަރެންސް ވިޔަފާރި ކުރެވޭނީ އެމްއެމްއޭއިންދޭ ލައިންސަންސް އޮވެގެންނެވެ.
އިންޝުއަރެންސާ ބެހޭ ބިލު ރައީސުލްޖުމްޙޫރިއްޔާ ތަސްދީގު ކުރެއްވުމުން ރާއްޖޭގެ އިންޝުއަރެންސްގެ ދާއިރާގެ ފެންވަރު ހިފެހެއްޓުމަށް އެފަދަ ވިޔަފާރިތަކުގެ ހަރުދަނާ އަދި ރައްކާތެރި އުސޫލުތައް އެކަށައަޅައި އެ އުސޫލުތަކާ އެއްގޮތަށް ވިޔަފާރިތައް ހިންގާތޯ ބަލާނެއެވެ.
މިކަމުގެ ސަބަބުން އިންޝުއަރެންސް ޕޮލިސީ ނަގާ ފަރާތްތަކުގެ ޙައްގުތައް ރައްކާތެރިކުރެވި، ދާއިރާ ތަރައްގީކޮށް ވާދަވެރިކަން ފުޅާކުރުވޭނެ ކަމަށްވެސް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު