Advertisement

ހަމަހަމަ ހިދުމަތުގެ ޔަގީންކަމާ އެކު ރައީސްގެ ބ. އަތޮޅު ދަތުރު ނިންމަވާލައްވައިފި

އާބާދީ ކިތަންމެ ކުޑަ ރަށެއްގައި އުޅޭ މީހަކަށް ވިޔަސް ކޮންމެ ދިވެހި ރައްޔިތަކީ ވެސް ހަމަހަމަ އަދި މުހިއްމު ރައްޔިތެއް ކަމުގައި ބައްލަވާނެ ކަމަށާއި ހަމަހަމަކަމާ އެކު ހިދުމަތް ދެއްވާނެ ކަމުގެ ޔަގީންކަމާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ބ. އަތޮޅުގެ ދަތުރު މިއަދު ނިންމަވާލައްވައިފިއެވެ.

މި މަހުގެ 11 ވަނަ ދުވަހު ފެއްޓެވި މި ދަތުރުފުޅުގެ އެންމެ ފަހު މަންޒިލަކީ، 500 އަށްވުރެ މަދު އާބާދީއެއް އޮންނަ ބ. މާޅޮހެވެ. މި ރަށަށް ޒިޔާރަތްކުރައްވައި، ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު، ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ސިޔާސަތަކީ ރަށްތަކުގެ ކުޑަބޮޑުމިނަށް ބައްލަވައި ތަފާތުކުރެއްވުމެއް ނެތި، ހުރިހާ ރައްޔިތުންނަށްވެސް ހަމަހަމަކަމާއެކު ޚިދުމަތް ފޯރުކޮށްދެއްވުން ކަމުގައެވެ.

Advertisement

“އަޅުގަނޑުމެންގެ އަމާޒަކީ، މީގެ ކުރިން އިސްކަންދެވިފައިނުވާ ކަންކަން ފުރިހަމަކުރުމެވެ. އަޅުގަނޑުމެން ރަށްތަކުގެ އާބާދީގެ ބޮޑުމިނަކަށް ބަލައެއް ނުލަމެވެ. އާބާދީ ކިތަންމެ ކުޑަ ރަށެއްގައި ދިރިއުޅޭ މީހަކަށް ވިޔަސް، އަޅުގަނޑުގެ ނަޒަރުގައި ކޮންމެ ދިވެހި ރައްޔިތަކީވެސް ހަމަހަމައެވެ. ކޮންމެ ދިވެހި ރައްޔިތަކަށްމެ ހަމަހަމަކަމާަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމަކީ އަޅުގަނޑުގެ އަސާސީ ފަލްސަފާއެވެ،” މިފަދައިން ރައީސް ވިދާޅުވިއެވެ.

ރައީސް މި ވާހަކަފުޅު ދެއްކެވީ، މާޅޮހުގައި ކުރިއަށްދާ އަދި ކުރިއަށް ރޭވިފައިވާ މަޝްރޫޢުތަކުގެ ތަފްޞީލު ހާމަކުރެއްވުމަށްފަހުގައެވެ. މި ގޮތުން، އެ ރަށުގައި މިއަދު ޕޮލިސް ޕޯސްޓެއްގެ ބިންގާ އެޅިފައިވާއިރު، ޞިއްޙީ މަރުކަޒު ފުޅާކުރުމުގެ މަސައްކަތްވެސް ވޭތުވެދިޔަ ހަފުތާގައި ވަނީ ކަމާބެހޭ ފަރާތާ ޙަވާލުކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް