ރައީސް ޑރ. މުޢިއްޒު، ބ. ފުޅަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރަށުގެ ތަރައްޤީއާ ގުޅޭގޮތުން މ މުހިންމު ވާހަކަފުޅުތަކެއް ދައްކަވައިފިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ސަރުކާރުގެ އަމާޒަކީ ފުޅަދޫގެ ރައްޔިތުންގެ އެދުންތަކާ އެއްގޮތަށް ރަށް ތަރައްޤީކުރުން ކަމަށް އިޝާރާތްކުރައްވައިފިއެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، ފުޅަދޫގެ އެންމެ އިސް މައްސަލައަކީ ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމުކުރުމެވެ. މި މަޝްރޫޢު އަވަސް މުއްދަތެއްގެ ތެރޭގައި ނިންމުމަށް އިސްކަންދެއްވާނެ ކަމަށް ވިދާޅުވެ، އޯގަސްޓް މަހުގެ ތެރޭގައި މަސައްކަތް ފެށޭނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.
މީގެ އިތުރުން، ރަށުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދިމާވެފައިވާ ދިރިއުޅުމުގެ ދަތިކަން ޙައްލުކުރުމަށްޓަކައި، 2026 ވަނަ އަހަރުގެ ބަޖެޓުގައި އެކަމޮޑޭޝަން ބްލޮކެއް އެޅުމުގެ މަޝްރޫޢު ހިމަނުއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ސިއްޙީ ދާއިރާގެ ތަރައްޤީއަށް އަމާޒުކޮށް، މި އަހަރުގެ ތެރޭގައި ސިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ފެށުމަށް މަސައްކަތްކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ތަޢުލީމީ އަދި ކުޅިވަރުގެ ދާއިރާގެ ތަރައްޤީއަށްވެސް ސަމާލުކަން ދެއްވާނެ ކަމަށް ވިދާޅުވެ، 2026 ވަނަ އަހަރުގެ ބަޖެޓުގައި އައު މިސްކިތެއް އިމާރާތްކުރުމުގެ މަޝްރޫޢު ހިމަނުއްވާނެ ކަމުގެ ޔަޤީންކަންވެސް ދެއްވިއެވެ.
ފަތުރުވެރިކަމުގެ ދާއިރާއިން ފިން ފުޅަދޫއަށް ލިބެމުންދާ މަންފާ އިތުރުކުރުމަށްޓަކައި، ބ. އިންނަފުށި ބެލެހެއްޓުމުގެ ކަންކަން ހަރުދަނާކޮށް، ފުޅަދޫ ކައުންސިލާއި މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަމަންޓާ ގުޅިގެން ރަނގަޅު ފެންވަރެއްގެ މެނޭޖްމަންޓް ޕްލޭނެއް އެކުލަވާލައި، އެ ޕްލޭނާ އެއްގޮތަށް އިންނަފުށި ފުޅަދޫ ކައުންސިލާ ޙަވާލުކުރެއްވުމަށް ރާއްވަވާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު