Advertisement

އެޗްޑީސީގެ ވެރިންތަކެއް ޒިންމާތަކުން އެކަހެރި ކޮށްފި

އެޗްޑީސީގެ އިސް މަޤާމުތަކުގައި ތިއްބެވި ބައެއް ވެރިންގެ މަސްއޫލިއްޔަތުތައް މިއަދުން ފެށިގެން ވަގުތީގޮތުން ހުއްޓާލައިފިއެވެ. ލިބިފައިވާ މަޢުލޫމާތުގެ އަލީގައި، މި ފިޔަވަިޔަވަޅު އަޅާފައިވަނީ ފަސް ވެރިއެއްގެ މައްޗަށެވެ.

އެ ކުންފުނީގެ އިސް އޮފިޝަލަކު މިއަދު ހާމަކުރެއްވި ގޮތުގައި، ވަކި މަޤާމުތަކެއްގައި ތިއްބެވި ބޭފުޅުންގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން ހުއްޓާލާފައިވެއެވެ.

Advertisement

“މިއީ ސަސްޕެންޝަނެއް ނޫނެވެ. އެ ބޭފުޅުންގެ މަޤާމު އަތުލައި، ގެއަށް ފޮނުވާލާފައެއް ނުވާނެއެވެ. ހަމައެކަނި ކުރެވުނު ކަމަކީ، އެ ބޭފުޅުންގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން ހުއްޓާލުމެވެ،” އެ އޮފިޝަލް ވިދާޅުވިއެވެ.

އެހެންނަމަވެސް، މި ފިޔަވަޅު އެޅުމުގެ ސަބަބު އެ އޮފިޝަލް ހާމައެއް ނުކުރެއްވިއެވެ.

ލިބިފައިވާ މަޢުލޫމާތުގެ މަތިން، މަސްއޫލިއްޔަތުތައް ވަގުތީގޮތުން ހުއްޓާލާފައިވާ ބޭފުޅުންގެ އެކްސެސްތައްވެސް މިހާރު ވަނީ ވަގުތީގޮތުން ހުއްޓާލާފައެވެ.

އެޗްޑީސީގެ ބައެއް ޑިޕާޓްމަންޓުތަކުގެ ވެރިންގެ މަސްއޫލިއްޔަތުތައް މި ވަގުތަށް ހުއްޓާލާފައިވާއިރު، އެ ކުންފުނީގެ އައު މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަލީ ޒުހައިރު ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އައްޔަންކުރައްވާފައެވެ. އަދި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އާރުޑީސީގައި ހަމަ އެ މަޤާމު ފުރުއްވި މުޙައްމަދު އަސްބާހު އަލީ ވަނީ މިދިޔަ އާދީއްތަ ދުވަހު އައްޔަންކުރައްވާފައެވެ.

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމު އެންމެ ފަހުން ފުރުއްވީ ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މައުރޫފް ޖަމީލެވެ. މިދިޔަ އަހަރުގެ ޑިސެންބަރު 22 އިން ފެށިގެން މިދިޔަ މަހުގެ 30 އާ ހަމައަށް އެ މަނިކުފާނު އެ މަޤާމު ފުރުއްވިއެވެ.

މައުރޫފް މަޤާމުން އިސްތިއުފާ ދެއްވީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ އެންގެވުމާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. ނަމަވެސް، އެ މަނިކުފާނު ނިންމަވާފައި ވަނީ މި މަހުގެ 18 އިން ފެށިގެން ވަޒީފާއިން މުސްކުޅިކުރެއްވުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް