Advertisement

ހަނިމާދޫއަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ ކަންބޮޑުވާ ދަރަޖައަށް

ހދ. ހަނިމާދޫގައި ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ އިންތިހާއަށް ކަންބޮޑުވާ ހިސާބަށް ގޮސްފައިވާކަމަށް ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުއްސައްތާރު ހަސަން ހާމަކުރައްވައިފިއެވެ.

މި ނޫހަށް މަޢުލޫމާތު ދެއްވަމުން ރައީސް އަބްދުއްސައްތާރު ވިދާޅުވީ، ހަނިމާދޫ ބަނދަރުގެ އުތުރު ސަރަހައްދުގެ ގޮނޑުދޮށް ގިރުމަކީ ކޮންމެ އަހަރެއްގެވެސް ހުޅަނގު މޫސުމުގައި ތަކުރާރުވަމުންދާ މައްސަލައެއް ނަމަވެސް، މި އަހަރު އެ ސަރަހައްދު އާދަޔާ ޚިލާފަށް ބޮޑަށް ގިރަމުންދާކަމަށެވެ.

Advertisement

ހަނިމާދޫ ގޮނޑުދޮށް ވަރަށް ބޮޑަށް ގިރާފައި، ފޮޓޯ: ފިރާގް/ކައުންސިލް ނައިބު

އެ ސަރަހައްދުގެ މިހާރުގެ ހާލަތު ތަފްސީލުކޮށްދެއްވަމުން އޭނާ ވިދާޅުވީ، ބަނދަރުގެ އުތުރުން ރަށުތެރެއަށް ވަނުމަށް ތާރުއަޅައި ތަރައްޤީކޮށްފައިވާ މަގު ގިރާލުމާ ހަމައަށް ގޮސް، ލޮނުގަނޑުގެ އަސަރު އެ ސަރަހައްދަށް ކުރަން ފަށާފައިވާ ކަމަށެވެ. މި ކަމާ ގުޅިގެން ކައުންސިލުން އިސްނަގައިގެން، ގިރުން ހުއްޓުވުމަށް ކައުންސިލްގެ ފެންވަރުގައި ކުރެވެންހުރި މަސައްކަތްތައް މިހާރު ވަ ވަނީ ފަށާފައެވެ. މިގޮތުން ކުޅުދުއްފުށީ އެސްޓީއޯއިން 100 ޖަންބޯ ބޭގް ހޯދައި، އެއަށް ވެލިއަޅައި އެ ސަރަހައްދުގައި ބެހެއްޓިފައިވާ ކަމަށާއި، އިތުރު ޖަންބޯ ބޭގް ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

ހަނިމާދޫ ގޮނޑުދޮށް ގިރާތީ ކައުންސިލުން އިސްވެ ޖަންބޯ ބޭގް ޖަހާފައި، ފޮޓޯ: ފިރާގް/ކައުންސިލް ނައިބު

އަބްދުއްސައްތާރު އިތުރަށް ވިދާޅުވީ، މިއީ ދާއިމީ ހައްލެއް ނޫންކަމަށާއި، އެހެންކަމުން އެ ސަރަހައްދުގެ ހާލަތު މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓަށާއި، ހދ. އަތޮޅު ކައުންސިލްގެ އިދާރާގެ އިތުރުން ކައުންސިލްތަކުގެ ބެލެނިވެރި ފަރާތްކަމުގައިވާ ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށްވެސް އަންގާފައިވާނެ ކަމަށެވެ.

ފޮޓޯ: ފިރާގް/ކައުންސިލް ނައިބު

މީގެއިތުރުން އޭނާ ފާހަގަކުރެއްވި ގޮތުގައި، އުތުރު ފަރާތުން ގިރަމުންދާ ސަރަހައްދުގައި ހުރި ބައެއް ރުއްތައް މިހާރު ވަނީ މޫދަށް ވެއްޓުމުގެ ނުރައްކަލާ ކުރިމަތިވެފައެވެ. އަދި އެ ސަރަހައްދުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ތަރައްޤީކޮށްފައިވާ ޕާކުގައި ހުރި ފެންވަރާ މުޑިތަކާއި ބާބެކިއު ހަޓްތައްވެސް ގިރާލުމުގެ ބިރު އިންތިހާއަށް ބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް