Advertisement

ފަރަށް އެރި ދޯންޏެއްގައި ހުރި ސާމާނު އޮޔާދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވަނީ ވ. ދިއްގިރީގެ ކައިރި ސަރަޙައްދެއްގައި ފަރަށް އަރާފައިވާ މުދާ އުފުލާ ދޯންޏަކުން އޮޔާދާ ސާމާނާ ގުޅޭގޮތުން ރައްޔިތުންނަށް މުހިންމު އިންޒާރެއް ދެއްވާފައެވެ.

އެމްއެންޑީއެފްގެ ބަޔާނުގައި ވިދާޅުވެފައިވާ ގޮތުގައި، ވ. ދިއްގިރީގެ 1.4 ނޯޓިކަލް މޭލު އުތުރުގައި ފަރަށް އަރާފައިވާ މުދާ އުފުލާ ދޯންޏެއްގައި ހުރި ބައެއް ތަކެތި އޮޔާދާކަން ފާހަގަކުރެވިފައިވެއެވެ. މި ސަބަބާހުރެ، އެ ސަރަޙައްދުގައި ދަތުރުފަތުރުކުރާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ބެހެއްޓުމަށް އެދިވަޑައިގެންފައިވެއެވެ.

Advertisement

އިތުރު ތަފްޞީލު ދެއްވަމުން، އެމްއެންޑީއެފްއިން ހާމަކުރެއްވި ގޮތުގައި، މި ދޯނީގައި ހުރި ބައެއް ސާމާ ސާމާނު ވ. އަތޮޅު ތެރެއިން ދެކުނަށް އޮޔާދާކަމުގެ މަޢުލޫމާތު ލިބިފައިވެއެވެ. އެހެންކަމުން، ވ. ދިއްގިރި ކަނޑުއޮޅިން ވަދެނުކުމެވާ އަދި އެ ސަރަޙައްދުން ދަތުރުކުރައްވާ އެންމެހައި ފަރާތްތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކުރައްވާފައިވެއެވެ. ވަކިން ޚާއްޞަކޮށް، ރޭގަނޑުގެ ވަގުތުތަކުގައި އެ ސަރަޙައްދުން ދަތުރުކުރައްވާ ފަރާތްތަކުން އިތުރު ޔަޤީންކަމާއެކު ދަތުރުކުރެއްވުމަށް އަންގަވާފައިވެއެވެ.

މި ދުވަސްވަރަކީ މޫސުން ގޯސްވެފައިވާ ދުވަސްވަރަކަށްވުމާއެކު، ކަނޑުމަތީގައި އެކި ބާވަތުގެ ހާދިސާތައް ހިނގަމުންދާކަން ފާހަގަކުރެވެއެވެ. މިގޮތުން، ފާއިތުވި ހަފްތާގެ ތެރޭގައިވެސް އެކި ބާވަތުގެ އުޅަނދުފަހަރު ފަރަށް އެރުމުގެ ހާދިސާތައް ރިޕޯޓުކުރެވިފައިވެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ  މޫސުން ގޯސްވުމާ ގުޅިގެން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި