Advertisement

ޑޮލަރެއްގެ އަގު 20.20 ރުފިޔާއަށް!

ބާޒާރުގައި ޑޮލަރެއްގެ އަގު މިއަދު 20.20 ރުފިޔާއަށް އަރައިފިއެވެ. މިކަމުގެ ސަބަބުން ވިޔަފާރިވެރިންނާއި އާންމު ރައްޔިތުންވެސް ދަނީ ބޮޑު ކަންބޮޑުވުމެއް ފާޅުކުރަމުންނެވެ.

މިހާރު ކަޅު ބާޒާރުގައި އެމެރިކާ ޑޮލަރެއްގެ އަގު ހުރީ 20.20 ރުފިޔާގައެވެ. މި އަގުގައި ވެސް ރާއްޖެއިން ބޭރުން މުދާ ގަންނަން ބޭނުންވާ ވިޔަފާރިވެރިން ޑޮލަރު ނުލިބިގެން ދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޑޮލަރު ނުލިބުމުގެ ސަބަބުން މުދާ އެތެރެކުރުމަށް ދަތިވެ، ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

Advertisement

މުސާރައާއި އާމްދަނީ އިތުރުނުވަނީސް ތަކެތީގެ އަގުތައް އުފުލުމުގެ ސަބަބުން މީހުން ހަރަދުކުރާ ވަރު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް އިގްތިސާދީ މާހިރުން ވިދާޅުވެއެވެ. މިކަމުގެ ސަބަބުން ވިޔަފާރިތަކަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާކަން ވެސް ފާހަގަކުރެވެއެވެ.

މި ސަރުކާރު އައިފަހުން ޑޮލަރުގެ އަގު އެންމެ ރަނގަޅަށް ހުރީ މިދިޔަ އަހަރުގެ ފެބްރުއަރީ ހިސާބުގައެވެ. އެ ދުވަސްވަރު ދުބާއީގައި ހުންނަވައި ނޫސްވެރިންނާ ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވަނީ ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ހަތަރު މަހެއްހައި ދުވަހުން ރާއްޖެއަށް ދިމާވެފައި އޮތް ޑޮލަރުގެ މައްސަލަ ހައްލުކުރުން ކަމަށް ވިދާޅުވެފައެވެ.

އޭގެ ފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ ޑޮލަރުގެ އަގު މަތިނުވާނެ ކަމަށާއި ދެން ދާނީ ތިރިއަށް ކަމަށް ވިދާޅުވެފައެވެ.

ޑޮލަރުގެ އަގު ތިރިކުރުމަށް ސަރުކާރުން އަންނަނީ ވަރަށް ގިނަ ފިޔަވަޅުތައް އަޅަމުންނެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމުގެ ސިނާއަތުން ވަންނަ ފައިސާއިން ވަކި އިންސައްތައެއް ރާއްޖޭގެ މަރުކަޒީ ބޭންކަށް (އެމް.އެމް.އޭ) މާރުކުރުން ހިމެނެއެވެ. މި ފަދަ ފިޔަވަޅުތައް އަޅާފައި ވަނިކޮއްވެސް ޑޮލަރުގެ އަގު ތިރިނުވެ ދުވަހެއް ދުވަހަކަށް ދަނީ މަތިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި