Advertisement

މިފްކޯގެ މަސްފިހާރައެއް ލަންކާގައި ހުޅުވަނީ

މިފްކޯގެ ޝޯވް ރޫމެއް ނުވަތަ ފިހާރައެއް ސްރީލަންކާގައި ހުޅުވުމަށް މަސައްކަތްކުރަމުން އަންނަކަމަށް ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްޢޫދު އިމާދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ސަފީރު މަސްޢޫދު އިމާދު ވިދާޅުވީ، ލަންކާގައި ދިވެހި މަހަށް ބޮޑު މާކެޓެއް އެބައޮތް ކަމަށާއި، މިފްކޯގެ މަސްފިހާރައެއް ލަންކާގައި ހުޅުވިއްޖެނަމަ އޭގެ ސަބަބުން ދެ ޤައުމުގެ ދޭތެރޭ ކުރެވޭ ވިޔަފާރިއަށް ކުރިއެރުން ލިބިގެން ދާނެ ކަމަށެވެ.

Advertisement

އިތުރަށް ވާހަކަދައްކަވަމުން ސަފީރު ވިދާޅުވީ ލަންކާއިން އެގައުމުގައި، ފެކްޓަރީ ހަދައިގެން ދިވެހިން އޮޕަރޭޓް ކުރާ ގޮތަށްވެސް ލަންކާއިން ހުށަހަޅާފައި ވާކަމަށާއި، އަދި މިފްކޯއިންވެސް ސްރީލަންކާގައި ޑިސްޓްރިބިއުޝަން ސެންޓަރެއް ހުޅުވާފައި ޝޯވް ރޫމެއްވެސް ހުޅުވަން ވިސްނަމުންދާކަމަށް ބުނެފައިވާ ކަމަށެވެ.

އެހެންކަމުން ސަފީރު ވިދާޅުވީ މިފްކޯއިން ބޭނުންވާ ބައެއް މައުލޫމާތު ހޯއްދަވައިގެން ވަޑައިގަންނަވާ ގޮތަކަށް ހަމަޖެހިފައިވާ ކަމަށާއި، ލަންކާ މީހުންނަށް ދިވެހި މަހަކީ ވަރަށް މަގުބޫލު އެއްޗެއް ކަމަށެވެ.

މީގެ އިތުރުން ސްރީލަންކާގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއަރުވައި ދިވެހިންނެކޭ އެއްގޮތަށް ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރަން ދިވެހިން މަސްވެރިކަން ކުރާ ގޮތްތައް ދަސްކުރުމުގެ ޝައުޤުވެރިކަންވެސް އެ ޤައުމުން ފާޅުކޮށްފައިވާ ކަމަށް ސަފީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް