މިއަގަރުގެ 2 ވަނަ ކުއާޓަރުގައި މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އަށް 490.33 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.
އެކުންފުނިން އާންމުކޮށްފައިވާ މި އަހަރުގެ 2 ވަނަ ކުއާޓާލީ ރި÷ޯޓުން ދައްކާ ގޮތުން 2 ވަނަ ކުއާޓަރުގައި އެމްޓީސީސީން 9 މަޝްރޫއެއް ނިންމާފައިވާ އިރު، އެ މަޝްރޫއުތަކުގެ އަގު 593.03 މިލިއަން ރުފިޔާއަށް އަރައެވެ. މީގެ އިތުރުން 2 ވަނަ ކުއާޓަރުގައި 64 މަޝްރޫއުގެ މަސައްކަތް ވަނީ ފަށާފައެވެ.
މީގެ އިތުރުން އެ ރިޕޯޓުން ދައްކާގޮތުން 2 ވަނަ ކުއާޓާގެ އޮޕަރޭޓިން ފައިދާގެ ގޮތުގައި 49.76 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި 2 ނަ ކުއާޓަރުގައި އެކުންފުނިން 35 މަޝްރޫއެއްގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު އެ މަޝްރޫއުތަކުގެ ޖުމްލަ އަގަކީ 1.42 ބިލިއަން ރުފިޔާއެވެ.
މީގެ އިތުރުން އެކުންފުނިން ވަނީ މި އަހަރުގެ 2 ވަނަ ކުއާޓާގައި އެ ކުންފުނީގެ މުވައްޒަފުންގެ ގޮތުގައި ތިބި މީޫހުންގެ އަދަދުވެސް ހާމަކޮށްފައެވެ. އެގޮތުން މުވައްޒަފުންގެ ގޮތުގައި ޖުމްލަ 4،130 މީހުން މަސައްކަތް ކުރާއިރު އޭގެ ތެރޭގައި ހިމެނެނީ 2.463 ދިވެހިންނާއި 1،661 ބިދޭސީންނެވެ.


ކިޔުންތެރިންގެ ހިޔާލު