Advertisement

ބާޒާރުގައި ފިޔާގެ އަގު ހެޔޮވެއްޖެ

މިނިވަން ދުވަހުގެ ބަންދާ ގުޅިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން މުދާ ކްލިއަރ ކުރުން ލަސްވުމާ ގުޅިގެން މިދިޔަ އަންގާރަ ދުވަހު މާލޭގެ ބޮޑެތި ބާޒާރުތަކުން ފިޔާ ހުސްވެ، ފިޔާގެ އަގު މައްޗަށް ދިޔުމަށްފަހު މިހާރު އަނެއްކާވެސް އަގުތައް ދަށަށް ގޮސްފިއެވެ.

އިއްޔެ ބާޒާރުގައި ފިޔާ ބަސްތާއެއް ވިއްކަމުން ގޮސްފައިވަނީ 450 ރުފިޔާއާއި 500 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ. އަދި ފިޔާ ކިލޯއެއް ވިއްކާފައިވަނީ 35 ރުފިޔާއަށް ވުރެ މަތީ އަގުގައެވެ. ނަމަވެސް މިއަދު ބާޒާރުމަތީގައި ފިޔާގެ އަގު ވަނީ އަނެއްކާވެސް ދަށްވެފައެވެ.

Advertisement

މިއަދު ފިޔާ ކިލޯއެއް ލިބެން ހުރީ 20 ރުފިޔާއާއި 25 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ. އަދި ފިޔާ ބަސްތާއެއްގެ އަގު މިހާރު ހުރީ 400 ރުފިޔާއަށް ވުރެ ދަށުގައެވެ. ނަމަވެސް މިއީ އަދިވެސް އާންމު އަގަށްވުރެ މަތީ އަގެކެވެ. އާންމުކޮށް ފިޔާ ކިލޯއެއް ވިއްކަމުން އައީ 11 ރުފިޔާއަށެވެ.

ފިޔާގެ ދަތިކަން ހައްލުކުރުމަށް އެސްޓީއޯއިން ވަނީ އިންޑިއާއިން ފިޔާ ސްޓޮކެއް އެތެރެކުރުމަށް ނިންމާފައެވެ. އެސްޓީއޯގެ އުންމީދަކީ ވީހާވެސް އަވަހަކަށް އެ ސްޓޮކް ލިބުން ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އިތުރު ސްޓޮކް ލިބުމުން އަގުތައް އިތުރަށް ދަށްވެގެން ދާނެ ކަމަށް ވިޔަފާރިވެރިން ލަފާކުރެއެވެ.

އެސްޓީއޯއިން ބުނެފައިވާ ގޮތުގައި ރޯދަމަހަށް އަގުތައް ކޮންޓްރޯލްކޮށް ހެޔޮ އަގުގައި ތަކެތި ފޯރުކޮށްދިނުމަށް ފިޔާގެ އިތުރުން ލޮނުމެދާއި ލުނބޯ އަދި އަލުވި ފަދަ ބާވަތްތައް ވެސް ބާޒާރަށް ނެރެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް