Advertisement

ލަންކާގެ ރައީސް، ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލައްވައިފި

ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ، ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

ލަންކާގެ ރައީސް ރާއްޖެ ވަޑައިގެންނެވީ ރައީސް ޑރ. މުއިއްޒުގެ ދައުވަތަކަށް މިދިޔަ ހޯމަ ދުވަހުއެވެ.

Advertisement

ލަންކާގެ ރައީސް ޑިސަނާޔަކެ، ރާއްޖެ ވަޑައިގަތުމުން ދިވެހި ސަރުކާރުން އެ މަނިކުފާނަށް ވަނީ ރަސްމީގޮތުން މަރުހަބާ ދަންނަވާފައެވެ. އަދި އެ ދަތުރުފުޅުގައި ރައީސް މުއިއްޒާއެކު ރަސްމީ މަޝްވަރާތައް ކުރައްވައި، ދެ ގައުމުގެ މެދުގައި މުހިންމު ދާއިރާތަކުން އެއްބާރުލުން ދިނުމުގެ ފަހުމުނާމާއަކާއި މުއާހަދާއެއްގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ޑިސަނާޔަކެ ބައިވެރިވެވަޑައިގެންފައިވެއެވެ.

ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ އަޒުމު އާ ކުރައްވަމުން ދެ ގައުމުގެ ވެރިން ވަނީ ގުޅިފައިވާ ބަޔާނެއް ދެއްވައިފައެވެ. އެ ބަޔާނުގައި ދެ ބޭފުޅުން ވެސް ވަނީ ރާއްޖެ އާއި ލަންކާގެ ގުޅުން ބަދަހިކުރައްވާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.

ލަންކާގެ ރައީސްގެ ޝަރަފުގައި، ރައީސް މުއިއްޒު ވަނީ ފުރަމާނަ ޖާފަތެއްވެސް ދެއްވައިފައެވެ. އެ ދަތުރުފުޅުގެ ތެރެއިން ކެބިނެޓުގެ ބައެއް ވަޒީރުންނާއި ދައުލަތުގެ އިސްވެރިން ލަންކާގެ ރައީސްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތް ކުރައްވާފައިވެއެވެ.

މިއީ ލަންކާގެ ރައީސް ޑިސަނާޔަކެ، މިދިޔަ ސެޕްޓެމްބަރު މަހު އެ ގައުމުގެ ރައީސްކަމާއި ޙަވާލުވެވަޑައިގަތުމަށްފަހު ރާއްޖެއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ރާއްޖެއާއި ލަންކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1965 ވަނަ އަހަރުއެވެ. އަދި މިއަހަރަކީ އެ ގުޅުމަށް 60 އަހަރު ފުރޭ ތާރީހީ މުނާސަބާ ފާހަގަކުރާ އަހަރުވެސްމެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

އިސްރަށްވެހިންނަށް ކުރާ އަނިޔާ ރިޕޯޓް ކުރާ މިންވަރު ކަންބޮޑުވާވަރަށް ގިނަ: އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާ

ޞާދިޤު މެންބަރު ކަމުގެ ހުވާ ކުރައްވައިފި

ފަތުރުވެރިން އައި އަދަދު މިލިއަނަކާ ގާތަށް

އަންނަ ދިރާސީ އަހަރަށް އަރަބިއްޔާ ސުކޫލުގެ އައު އިމާރާތް ހުޅުވަނީ