Advertisement

މިރޭ ސެންޓްރަލް ޕާކުގައި ބާއްވަން ހަމަޖެއްސި މިނިވަންދުވަހުގެ ހަރަކާތްތައް މޫސުން ގޯސްވެ ކެންސަލް ކޮށްފި

މިރޭ ސެންޓްރަލް ޕާކުގައި ބާއްވަން ހަމަޖެއްސި މިނިވަން ދުވަހުގެ ހަރަކާތްތައް މޫސުން ތަންނުދިނުމުގެ ސަބަބުން ކެންސަލް ކުރެވިފައިވާ ކަމަށް ދިވެހިބަހާ ތާރީޚާ ޘަޤާފަތާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ މިރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް އިންތިޒާމު ކުރެވުނު، މިނިވަން ފަސްދޮޅަހުގެ ފުޅަނދުތައް ދައްކާލުމާއި ޘަޤާފީ ހަރަކާތްތައް، މޫސުން ތަންނުދިނުމުގެ ސަބަބުން ކުރިޔަށް ނުގެންދާން ނިންމި ވާހަކަ މަޢުލޫމާތަށް ޓަކައި ދަންނަވާ ކަމަށެވެ.

މިނިވަން 60 އާއި ގުޅިގެން ކުރިއަށްގެންދިޔ ފުޅަނދުބުރު ރޭ ކުރިއަށް ގެންގޮސްފައިވަނީ މާލޭގައެވެ. މިއަދު ހަވީރު ހުޅުމާލޭގައި ފުޅަނދުތައް ދައްކާލުން ކުރިއަށް ގެންގޮސްފައިވެއެވެ. މިރޭ ޘަޤާފީ ހަރަކާތްތައް މިރޭ ކުރިއަށް ގެންދިޔުމަށް ނިންމި ނަމަވެސް ވިއްސާރަ ވުމުން މިހާރު އެކަންކަން ވަނީ ކެންސަލް ކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް