Advertisement

ގެއްލިގެން ހޯދަމުންދާ ޔާމީން ބުރިޖުން ފުންމާލި މަންޒަރު ސީސީޓީވީން ފެނުނު

މީގެ އަށް ދުވަސް ކުރިން ގެއްލިގެން ރިޕޯޓުކުރި ގ. ގާނެޓް، ޙަސަން ޔާމީން މިދިޔަ ހަފުތާގެ އާދިއްތަ ދުވަހުގެ ދަންވަރު ސިނަމާލެ ބުރިޖުން ފުންމާލި މަންޒަރު ފެނިފައިވާ ކަމަށާއި، އޭނާ ހޯދުމުގެ މަސައްކަތް ކަނޑުމަގުން ކުރާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޔާމީން ހޯދުމުގެ ތަހުގީގުގެ ތެރެއިން ގިނަ އަދަދެއްގެ ސީސީޓީވީ ފުޓެޖް ދިރާސާކޮށްފައިވާ ކަމަށެވެ. އެގޮތުން މިދިޔަ ހަފުތާގެ އާދިއްތައިގެ ފަތިހު 3:24 އެހާކަންހާއިރު އޭނާ ސިނަމާލެ ބުރިޖުން މޫދަށް ފުންމާލާ މަންޒަރު ސީސީޓީވީ ފުޓެޖުން ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

Advertisement

އެ މުއައްސަސާއިން ބުނީ އެ މައުލޫމާތު އާއިލާއާ ހިއްސާކޮށް، އާއިލާއާ ވާރަށް ގާތުން ތަހުގީގު ޓީމުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ މައްސަލައިގެ ތަހުގީގަށް ލިބުނު މައުލޫމާތާ ގުޅިގެން މެރިން ޕޮލިހާއި ކޯސްޓްގާޑުން ގުޅިގެން ޔާމީން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އެ ބަޔާނުގައިވަނީ މައްސަލައާ ގުޅޭ ގޮތުން، ސައްހަކަން ކަށަވަރު ނުކުރެވޭ މައުލޫމާތު ފެތުރުމުން އެއްކިބާވުމަށް އެދިފައެވެ. އަދި ޔާމީންގެ އާއިލާއަށް އިޙުތިރާމު ކުރުމުގެ ގޮތުންނާއި ތަހުގީގުގެ ނަޒާހާތްތެރިކަން ހިފެހެއްޓުމުގެ ގޮތުން ހަމައެކަނި ފުލުހުން ފޯރުކޮށްދޭ މައުލޫމާތަށް ބަރޯސާވުމަށް އެ މުއަައްސަސާއިން އިލްތިމާސްކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް