Advertisement
ބަންގްލަދޭޝްގެ ކުރީގެ ރައީސާއި ކުރީގެ ބޮޑުވަޒީރު

ބަންގްލަދޭޝްގެ ރައީސް މަގާމުން އިސްތިއުފާ ދެއްވައިފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާގެ އަރިސް ބޭފުޅެއްގެ ގޮތުގައި ބެލެވޭ އެ ގައުމުގެ ރައީސް މުޙައްމަދު ޝަހާބުއްދީން މަގާމުން އިސްތިއުފާ ދެއްވާފަައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކާއި ހަވާލާދީ އަލްޖަޒީރާއިން ބުނެފިއެވެ.

އޭޕްރީލް 2023 އިން ފެށިގެން އެ ގައުމުގެ ރައީސްކަމުގެ މަގާމު ފުރުއްވަމުން ގެންދަވާ ޝަހާބުއްދީނަކީ، އޯގަސްޓް 2024 ގައި ޒުވާނުން ކުރި މުޒާހަރާތަކަކާ ގުޅިގެން ބޮޑުވަޒީރު ޝެއިޚް ހަސީނާ މަގާމުން ދުރުކުރެވުނު ހަލަބޮލި ދަނޑިވަޅުގައި، އިންތިގާލީ ސަރުކާރެއް އެކުލަވައިލެވެންދެން ގައުމުގެ ކަންކަން އިސްވެ ބެލެހެއްޓެވި ފަރާތެވެ.

Advertisement

ބީބީސީ ބަންގްލާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިހާރު ވެރިކަންކުރާ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ)ން ވަނީ އޭނާ އިސްތިއުފާ ދެއްވުމަށް ބާރުއަޅުއްވާފައެވެ.

ޝަހާބުއްދީނަކީ ހަސީނާގެ ވެރިކަން ވެއްޓުމަށްފަހުވެސް މަގާމުގައި ދެމިހުންނެވި އޭނާގެ މަދު އަރިސް ބޭފުޅުންގެ ތެރެއިން އެކެކެވެ. ނޮބެލް އިނާމު ހާސިލުކުރައްވާފައިވާ މުޙައްމަދު ޔޫނުސްގެ އިރުޝާދުގެ ދަށުން ހިނގަމުންދާ ވަގުތީ ސަރުކާރުގައި ޝަހާބުއްދީން މަސައްކަތް ކުރެއްވި ނަމަވެސް، އޭނާ ވަނީ ވަގުތީ ސަރުކާރުން އޭނާއަށް އިހާނެތިކޮށް ހިތާފައިވާ ކަމަށް ވިދާޅުވެފައެވެ.

ބަންގްލަދޭޝްގެ ގާނޫނުއަސާސީގައިވާ ގޮތުން ރައީސް އިސްތިއުފާ ދެއްވައިފިނަމަ، ކުރިއަށް އޮތް 90 ދުވަހުގެ ތެރޭގައި އައު ރައީސަކު އިންތިޚާބު ކުރަންޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ޕާކިސްތާނުގައި ޖާނުން ފިދާވުމުގެ ހަމަލާއެއް، 15 މީހުން މަރުވެއްޖެ

މުޒާހަރާ އަދިވެސް ހޫނު، އިންޑިއާ ސަރުކާރުން އެދުނީ މާދަމާއާ ހަމައަށް މުހުލަތަކަށް!

ވަށައިގެން ކިނބޫ ބައިތިއްބާ ގޮތައް ފަަލަސްތީނު މީހުން ލުމަށް ޖަލެއް އެޅުމުގެ މަސައްކަތް ޖައްބާރު އިސްރާއީލުން ފަށައިފި

ޓްރޮޕިކަލް ސްޓޯމް މޭސަކްގެ ސަބަބުން ޗައިނާގެ ދެކުނުގައި ފެންބޮޑުވެ 39 މީހުން މަރުވެއްޖެ