Advertisement
ޗައިނާގައި ފެންބޮޑުވެފައި ފޮޓޯ: އޭޕީ

ޓްރޮޕިކަލް ސްޓޯމް މޭސަކްގެ ސަބަބުން ޗައިނާގެ ދެކުނުގައި ފެންބޮޑުވެ 39 މީހުން މަރުވެއްޖެ

ޓްރޮޕިކަލް ސްޓޯމް މޭސަކްގެ ސަބަބުން ޗައިނާގެ ދެކުނު ސަރަހައްދުތަކުގައި ފެންބޮޑުވެ، މިހާތަނަށް 39 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލުން ހާމަކޮށްފިއެވެ.

މި ހާދިސާގައި އެންމެ ގިނަ މީހުން މަރުވެފައިވަނީ ނަންނިން ސިޓީގެ ޑޭމެއް ފަޅައިގެން ގޮސް މުޅި ސިޓީގައި ފެންބޮޑުވުމުގެ ސަބަބުންނެވެ.

Advertisement

ނަންނިންގެ ވައިސް މޭޔަރު ޑިންގް ވޭ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، މަރުވި މީހުންގެ އަދަދު ކުއްލިއަކަށް އިތުރުވެފައިވަނީ ރެކޯޑް މިންވަރަކަށް ވާރޭ ވެހި ރިޒަވޯއާތައް ފުރުމުގެ ސަބަބުން ކަމަށެވެ. “ނަންނިންގެ ޑޭމް ފަޅައިގެން ދިޔުމުގެ ސަބަބުން އެކަނިވެސް 26 މީހުން ވަނީ މަރުވެފައި،” ޑިންގް ވިދާޅުވިއެވެ.

މި ކާރިސާއާ ގުޅިގެން ގުއަންގްޒީ ސަރަހައްދުން ގާތްގަނޑަކަށް 130,000 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވެއެވެ. ފެނުގެ ތެރޭގައި ތާށިވެފައި ތިބި މީހުން ސަލާމަތްކުރުމަށްޓަކައި 8,000 އަށްވުރެ ގިނަ މީހުންނާއި 5,700 އެއްހައި އުޅަނދު ދަނީ ހަރަކާތްތެރިވަމުންނެވެ. މީގެ އިތުރުން މީހުން ހޯދުމަށް ޑްރޯންތައް ވެސް ދަނީ ބޭނުންކުރަމުންނެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނި ގޮތުގައި، ގުއަންގްޒީގެ ބައެއް ސަރަހައްދުތަކަށް 10 އާއި 40 ސެންޓިމީޓަރާ ދެމެދުގެ ވާރޭ ވެހިފައިވާއިރު، އެންމެ ބޮޑަށް އަސަރުކުރި ސަރަހައްދުތަކަށް 90 ސެންޓިމީޓަރަށް ވުރެ ގިނައިން ވާރޭ ވެހިފައިވެއެވެ. މިހާރު ފެންގަނޑު ހިނދެމުން ދިޔަ ނަމަވެސް، ކުރިއަށް އޮތް ދެ ދުވަހު ބައެއް ސަރަހައްދުތަކަށް އިތުރަށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވެއެވެ.

ފެންބޮޑުވުމުގެ ސަބަބުން ގުއަންގްޒީ ޕްރޮވިންސްގެ ގުއިގަންގް ޒޫގެ ކެޖުތަކަށް ގެއްލުންވެ، 100 އަށްވުރެ ގިނަ ޖަނަވާރު ވަނީ ފިލާފައެވެ. މީގެ ތެރޭގައި އަލްޕަކާ، ކުދި އޫރު، ޒީބްރާ، ރެކޫން އަދި 30 މޮޔަގޮނޑު ހިމެނެއެވެ.

ޒޫ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފިލާފައިވާ ޖަނަވާރުތައް ތިބީ ބިރުގަނެފައި ކަމަށްވާތީ އެ ތަކެތި ހަމަލާދިނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. “އެއްވެސް ޖަނަވާރެއް ފެނިއްޖެނަމަ ރައްކާތެރި ދުރުމިނެއްގައި ތިބުމަށާއި، އެ ތަކެތި ހިފަން ނުވަތަ ގާތްވާން މަސައްކަތް ނުކުރުމަށް އިލްތިމާސްކުރަން،” ޒޫގެ ބަޔާނުގައި އިންޒާރު ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ޕާކިސްތާނުގައި ޖާނުން ފިދާވުމުގެ ހަމަލާއެއް، 15 މީހުން މަރުވެއްޖެ

ބަންގްލަދޭޝްގެ ރައީސް މަގާމުން އިސްތިއުފާ ދެއްވައިފި

މުޒާހަރާ އަދިވެސް ހޫނު، އިންޑިއާ ސަރުކާރުން އެދުނީ މާދަމާއާ ހަމައަށް މުހުލަތަކަށް!

ވަށައިގެން ކިނބޫ ބައިތިއްބާ ގޮތައް ފަަލަސްތީނު މީހުން ލުމަށް ޖަލެއް އެޅުމުގެ މަސައްކަތް ޖައްބާރު އިސްރާއީލުން ފަށައިފި