އަދިވެސް ގިނަ ބަޔަކު ބޭނުން ކުރަމުން އަންނަ ޕްލޭ ސްޓޭޝަނަށް ގޭމް ސީޑީ އުފެއްދައި ނެރުން ހުއްޓާލަން ސޮނީން ނިންމައިފިއެވެ.
ސޮނީން ބުނެފައިވަނީ ގޭމް ސީޑީ އުފެއްދުން ހުއްޓާލަން ނިންމާފައިވަނީ ޕްލޭ ސްޓޭޝަން ބޭނުން ކުރާ ކަސްޓަމަަރުންގެ ވިސްނުމަށް އައިސްފައި ބަދަލަށް ބަލައިގެން ކަމަށެވެ. އެގޮތުން 2028 ވަނަ އަހަރުގެ ޖެނުއަރީން ފެށިގެން އާ ގޭމްތައް ސީޑީ ނުވަތަ ޑިސްކް ފޯމެޓުގައި ނުނެރޭނެ ކަމަށް ވަނީ ބުނެފައެވެ.
ސޮނީން ބުނީ މި ތާރީހަށްފަހު ޕްލޭ ސްޓޭޝަން ސްޓޯރުންނާއި ރީޓެއިލް ވިޔަފާރިވެރިންގެ ފަރާތުން އާ ގޭމްތައް ލިބެން ހުންނާނީ ހަމައެކަނި ޑިޖިޓަލް ފޯމެޓްތަކުގައި ކަމަށެވެ.
މި ބަދަލާއެކު ވެސް ކުރިން ނެރެފައިވާ އަދި 2028 ގެ ކުރިން ނެރުމަށް ހަމަޖެހިފައިވާ ގޭމް ސީޑީތަކަށް އެއްވެސް ބަދަލެއް ނުވަތަ އަސަރެއް ނުކުރާނެ ކަމަށް ވެސް ސޮނީން ވަނީ ބުނެފައެވެ.
ސޮނީން ވަނީ ކުޅުންތެރިންނަށް ގޭމްތައް ބޭނުން ކުރެވޭނެ ގޮތާއި ގޭމްތައް ގަންނަން ބޭނުންވާ ތަންތަނުގެ ޗޮއިސްތައް ދިނުމަށް ވެސް ނިންމާފައެވެ. އަދި ދުނިޔޭގެ ފެންވަރުގެ ގޭމިން ތަޖުރިބާތައް ކަސްޓަމަރުންނަށް ދިނުމުގައި ދެމިތިބޭނެ ކަމަށް ވެސް ސޮނީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު