ގިނަ ބަޔަކު އިންތިޒާރު ކުރަމުން ދިޔަ ކޮކްޓެއިލް 2 ނެރެފިއެވެ.
ހޯމީ އަދަޖާނިއާ ޑައިރެކްޓްކުރާ މި ފިލްމުން ފެންނާނީ ޝާހިދު ކަޕޫރު، ކްރިތީ ސެނަން އަދި ރަޝްމިކާ މަންދަންނާ އެވެ. މިއީ ލޯތްބާއި ރަހުމަތްތެރިކަމުގެ ތީމްތަކެއްގެ މައްޗަށް އުފައްދާފައިވާ، ރީތި ލަވަތަކެއް ހިމެނޭ ފިލްމެކެވެ.
ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ހަދާ އެ ފިލްމުގެ ޑައިރެކްޓަރަކީ 2012 ގައި ސައިފް އަލީ ޚާނާއި ދީޕިކާ ޕަދްކޯންގެ އިތުރުން ޑަޔާނާ ޕެންޓީ ހިމަނައިގެން “ކޮކްޓެއިލް” ވެސް ގެނެސްދިން ހޯމީ އަދަޖާނިއާ ކަމަށެވެ.
“ކޮކްޓެއިލް 2” ސްކްރީންޕްލޭ ލިޔެފައި ވަނީ “ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ” އާއި “ތޫ ޖޫޓީ، މޭ މައްކާރް” ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ލަވް ރަންޖަނެވެ.
“ކޮކްޓެއިލް” ގެ ސްކްރީންޕްލޭ ލިޔުނީ “ޖަބް ވީ މެޓް” އާއި “ލަވް އާޖް ކަލް” އަދި “ރޮކްސްޓާ” ފަދަ ފިލްމުތަކުގެ ޑައިރެކްޓަރު އިމްތިއާޒް އަލީއެވެ.
މި ފިލްމުގައި ފެނިގެންދަނީ ޝާހިދާއި ކްރީތީ އަދި ރަޝްމިކާގެ މެދުގައި އުފެދިގެންދާ ލޯބީގެ ކުޅިގަނޑެވެ. އަދި އެ މީހުންގެ ތެރޭގައި ޖެހޭ މައްސަލަތަކެވެ. “ކޮންޓެއިލް” ގެ އެއްވަނަ ބައިން ވެސް ފެނިގެން ގޮސްފައިވަނީ ތިން ރަހުމަތްތެރިންގެ މެދުގައި ޖެހޭ ލޯބީގެ މައްސަލައެކެވެ.


ކިޔުންތެރިންގެ ހިޔާލު