އީރާނުން އެގައުމުގެ ތެޔޮ އެހެން ގައުމުތަކަށް ވިއްކުމުގެ 60 ދުވަހުގެ ލައިސަންސެއް އެމެރިކާއިން ދީފިއެވެ.
މިކަން ހާމަކޮށްފައިވަނީ އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމެންޓުންނެވެ. އެމެރިކާއިން މި ލައިސަންސް ދީފައިވަނީ އެމެރިކާއާއި އީރާނުން ކުރަމުން އައި ހަނގުރާމަ އެއްކޮށް ހުއްޓާލުމަށް މިއަދު ސްވިޒަލޭންޑުގައި ކުރިއަށް ދިޔަ މަޝްވަރާގެ ބައްދަލުވުމުގައި އީރާނުން މަޝްވަރާތަކަށް އެއްބާރުލުން ދީފައިވާތީއެވެ.
އެގޮތުން މި ލައިސަންސްގެ ސަބަބުން އީރާނުގައި ތެޔޮ އުފައްދައި ވިއްކުމުގެ ހުއްދަ 60 ދުވަހަށް ލިބިގެންދާނެއެވެ. އޮގަސްޓް 21 ވަނަ ދުވަހާއި ހަމައަށް އޮތް މި ލައިސަންސްގެ ސަބަބުން އީރާނަށް ސާފު ނުކުރާ ތެލާއި، ޕެޓްރޯކެމިކަލް އަދި ޕެޓްރޯލް ފަދަ ތަކެތި އެހެން ގައުމުތަކަށް ވިއްކޭނެއެވެ.
އެމެރިކާގެ ޓްރެޝަރާ ސެކްރެޓަރީ ސްކޮޓް ބެސެންޓް ބުނީ، ސްވިޒަލޭންޑުގައި ކުރިއަށް ދިޔަ މަޝްވަރާތަކުގެ ތެރެއިން ހޮރްމޫޒް ކަނޑުއޮޅިން ފީ އެއް ނުވަތަ ޓޯލް އެއް ނުނަގައި، ހިލޭ ދަތުރު ކުރެވޭނެ މަގު ތަނަވަސް ކުރުމަށް އީރާނުން އެއްބާރުލުން ދޭން އޮތް ކަމަށެވެ.
އަދި އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ)ގެ ފަރާތްތަކަށް އެގައުމަށް އެތެރެވުމުގެ ހުއްދަ ދޭން ވެސް ނިންމާފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު