ޕީއެންސީގެ 2028 ވަނަ އަހަރުގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ކަމަށާއި، ޕާޓީގެ ހުރިހާ މެންބަރުން ތިއްބެވީ އެމަނިކުފާނުގެ ފަހަތްޕުޅުގައި ސާބިތުވެ ކަމަށް ކުރީގެ ފައިނޭންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ.
ކުރީގެ ފައިނޭންސް މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ އެންމެ ބޮޑު އިސްކަމަކީ ރައްޔިތުންނަށް ކަންކަން ކޮށްދިނުން ކަމަށާއި، އެ މަސައްކަތްތަކާއެކު ޕީއެންސީން މިހާރުވެސް ދަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވަމުން ކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވެސް ޕާޓީގެ ލީޑަރެއްގެ ގޮތުގައާއި ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނުކުންނަވާނީ ރައީސް ޑރ. މުޢިއްޒު ކަމަށް އޭނާ ކަށަވަރުކޮށްދެއްވިއެވެ.
“އަޅުގަނޑުގެ އެކުވެރި ސިޔާސީ ބޭފުޅުންނާއި، އަޅުގަނޑާ އަދި ޕާޓީގެ ހުރިހާ މެންބަރުން މިތިބީ ރައީސުލްޖުމްހޫރިއްޔާގެ ފަހަތްޕުޅުގައި، އެމަނިކުފާނުގެ ލީޑަރޝިޕަށް ފުރިހަމައަށް ތާއީދުކޮށް ސާބިތުވެ،” ކުރީގެ މިނިސްޓަރު ވިދާޅުވިއެވެ.
ޕީއެންސީގެ އެތެރޭގެ މަސްރަޙާ ގުޅުވައިގެން އެކި ގޮތްގޮތަށް ދެކެވޭ ވާހަކަތަކަށް ރައްދުދެއްވަމުން، ކުރީގެ މިނިސްޓަރު ވަނީ ޕާޓީގެ ހުރިހާ ފަންތިއެއްގެ މެންބަރުންގެ މެދުގައި ވެސް ރައީސް ޑރ. މުޢިއްޒުގެ ލީޑަރޝިޕަށް އޮތް އިތުބާރު ބަދަހިކޮށް އޮތްކަން ހާމަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު