Advertisement

މިދިޔަ މަހު ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 25 މައްސަލައެއް

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 25 މައްސަލައެއް މިދިޔަ މަހު ރިޕޯޓްކޮށްފައިވާކަން ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެ މިނިސްޓްރީން މިއަދު އާންމު ކޮށްފަައިވާމިދިޔަ މަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ކުޑަކުދިންނާ ގުޅޭ 81 މައްސަލައެއް މިދިޔަ މަހު ރިޕޯޓްކުރިއިރު އޭގެ ތެރޭގައި އެންމެ ގިނައީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކެވެ.

Advertisement

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 25 މައްސަލައެއް މިދިޔަ މަހު ރިޕޯޓްކޮށްފައިވާއިރު އެއީ 19 އަންހެން ކުއްޖަކަށާއި ހަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްގެން ރިޕޯޓްކޮށްފައިވާ މައްސަލަތަކެވެ.

ދެވަނައަށް އެންމެ ގިނައީ ކުދިންނަށް އަޅާ ނުލުމާއި ގުޅިގެން ހުށައަޅާފައިވާ މައްސަލަތަކެވެ. އެފަދަ 18 މައްސަލައެއް މިދިޔަ މަހު ރިޕޯޓްކޮށްފައިވެއެވެ.

ކުޑަކުދިންނަށް ނަފުސާނީ އަނިޔާ ދިނުމުގެ 12 މައްސަލައެއް ރިޕޯޓްކޮށްފައިވާއިރު، ޖިސްމާނީ އަނިޔާގެ 8 މައްސަލައެއް ވެސް ރިޕޯޓްކޮށްފައިވެއެވެ. ބުލީގެ 7 މައްސަލައަކާއި ސައިބާ ބުލީގެ 4 މައްސަލައެއް ވެސް ރިޕޯޓްކޮށްފައިވާއިރު ކުދިންގެ އަހުލާގާ ގުޅޭ 44 މައްސަލައެއް ވެސް ރިޕޯޓްކޮށްފައިވެއެވެ. އޭގެ ތެރެއިން 8 މައްސަލައަކީ ސްކޫލަށް ދާން އިންކާރު ކުރުމާ ގުޅޭ މައްސަލަތަކެވެ.

ތަފާސްހިސާބުތަކުގައިވާ ގޮތުން މިނިސްޓްރީ މެދުވެރިކޮށް 161 ކައުންސެލިން ސެޝަން ބާއްވާފައިވާއިރު، 44 މީހަކަށް ސައިކޯސޯޝިއަލް ސަޕޯޓް 44 ދީފައިވެއެވެ.

ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާގެހެލްޕްލައިން 1412އަށް މިދިޔަ މަހު 1،379 ފޯން ކޯލް ލިބިފައިވާއިރު، 1421 އަށް 626 ކޯލް ލިބިފައިވާ ކަމަށް އެ ވުޒާރާއިން ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ދަރަވަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

އެޗްޑީސީ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލައިފި

ފެނަކައިގެ މުވައްޒަފުން ޒިންމާދާރުކުރުވަން ދީނީ ޕްރޮގްރާމެއް ފަށައިފި

މ. އަތޮޅުގެ ހަތް ރަށެއްގެ ޔުޓިލިޓީ ހިދުމަތްތަކާއި ސްޓެލްކޯއިން ހަވާލުވެއްޖެ