Advertisement

ބަރަކާ ޗެރިޓީގެ އެހީތެރިކަމާއެކު، ފޯކައިދޫ ސްކޫލުގައި ތަރައްޤީކުރި އާ ކޮމްޕިއުޓަރު ލެބް އިފްތިތާހުކޮށްފި

ބަރަކާ ޗެރިޓީގެ ދީލަތި އެހީގައި، ށ. ފޯކައިދޫ ސްކޫލުގައި އަލަށް ތަރައްޤީކުރި ކޮމްޕިއުޓަރ ލެބް އިއްޔެ ހަވީރު ރަސްމީކޮށް ހުޅުވައިފިއެވެ.

ފޯކައިދޫ ސްކޫލުގައި ބޭއްވި މި ޚާއްޞަ ރަސްމިއްޔާތުގައި، ކޮމްޕިއުޓަރ ލެބް ހުޅުވައިދެއްވީ ސުވިސް ބަރަކާ ޗެރިޓީގެ ސީ.އީ.އޯ މުޙައްމަދު އަޙްމަދު އަޖާމީއެވެ. މި ލެބް ރަސްމީކޮށް ސްކޫލާ ޙަވާލުކޮށްދެއްވީ ބަރަކާ ޗެރިޓީ މޯލްޑިވްސްގެ ރައީސް އަޙްމަދު ޒަކީއެވެ. ސްކޫލުގެ ފަރާތުން މި ލެބާ ޙަވާލުވެލެއްވީ ޕްރިންސިޕަލް މުޙައްމަދު ޝަމީމެވެ. މި ރަސްމިއްޔާތުގައި އެ ސްކޫލުގެ ގިނަ އަދަދެއްގެ ދަރިވަރުންނާއި ބެލެނިވެރިން ބައިވެރިވިއެވެ.

Advertisement

ކޮމްޕިއުޓަރ ލެބް ހުޅުވުމުގެ ތެރެއިން—–

ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ މި ކޮމްޕިއުޓަރ ލެބަކީ ދަރިވަރުންނަށް އުނގެނުމުގެ މާޙައުލު ފަހިވާނޭހެން، ފުރިހަމަ އިންޓީރިއާ ފަރުމާއަކާއެކު ތައްޔާރުކޮށްފައިވާ ތަނެކެވެ. މުޅިން އައު ފަރުނީޗަރާއެކު 12 ކޮމްޕިއުޓަރު ސިސްޓަމް ބަހައްޓާފައިވާ މި ލެބްގައި، ކޮމްޕިއުޓަރ ނެޓްވޯކާއި، ޓީވީ އަދި އެއަރކޮންޑިޝަން ފަދަ އެންމެހައި ވަސީލަތްތައް ވަނީ ޤާއިމުކޮށްފައެވެ.

ލެބް ހުޅުވުމުގެ ރަސްމިއްޔާތަށްފަހު، ބަރަކާ ޗެރިޓީގެ ފަރާތުން ވަނީ ފޯކައިދޫގެ ގޭބިސީތަކަށް ކާބޯތަކެތީގެ ޕެކޭޖްތައް ބަހައި، ބަރަކާ ފަންޑުގެ ދަށުން އެ ރަށުގެ 100 ފަރާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ފުޑް ޕެކޭޖު ބެހުމުގެ ތެރެއިން—- ފޮޓޯ:ހަވާސާ

ބަރަކާ ޗެރިޓީއަކީ ދުނިޔޭގެ 87 ޤައުމެއްގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދެމުންދާ ބައިނަލްއަޤުވާމީ މަދަނީ ޖަމިއްޔާއެކެވެ. ވަކިން ޚާއްޞަކޮށް، އަނިޔާވެރި އިސްރާއީލުގެ ހަމަލާތަކުން ސުންނާފަތިވަމުންދާ ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމުގައި މި ޖަމިއްޔާއިން ދަނީ އިސްދައުރެއް އަދާކުރަމުންނެވެ. އެގޮތުން ޣައްޒާގައި ބަރަކާ ޗެރިޓީގެ ފަރާތުން ސްކޫލަކާއި ހޮސްޕިޓަލެއް ހިންގުމުގެ އިތުރުން، ކާބޯތަކެތީގެ ބޮޑެތި އެހީތައް މެދުނުކެނޑި ފޯރުކޮށްދެމުންދެއެވެ.

ބަރަކާ ޗެރިޓީގެ ފަރާތުން މިދިޔަ އަހަރު ވެސް ވަނީ ބޮޑެތި މަޝްރޫއުތަކެއް ހިންގާފައެވެ. އެގޮތުން މާލެ އަތޮޅު ގުޅީ ސިއްޙީމަރުކަޒުގައި ޒަމާނީ މެޑިކަލް ލެބެއް ތަރައްޤީކޮށްފައި ވެއެވެ. އަދި މާލެ އަތޮޅު ހިންމަފުށީ ސްކޫލަށް 8 ކްލާސް ރޫަމަށް ބޭނުންވާ ފަރުނީޗަރު ހަދިޔާ ކުރުމުގެ އިތުރުން ކޮމްޕިއުޓަރ ލެބުގައި ކާޕެޓު އަޅައިދީފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

އިސްރަށްވެހިންނަށް ކުރާ އަނިޔާ ރިޕޯޓް ކުރާ މިންވަރު ކަންބޮޑުވާވަރަށް ގިނަ: އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާ

ޞާދިޤު މެންބަރު ކަމުގެ ހުވާ ކުރައްވައިފި

ފަތުރުވެރިން އައި އަދަދު މިލިއަނަކާ ގާތަށް

އަންނަ ދިރާސީ އަހަރަށް އަރަބިއްޔާ ސުކޫލުގެ އައު އިމާރާތް ހުޅުވަނީ